-އަބްދުﷲ ޝަފީގް އަލީ-
އަހަރެންނަކީ ދެކުނު އަތޮޅުތަކަށް ނިސްބަތްވާ އަންހެންކުއްޖަކީމެވެ. މަތީ ތައުލީމް
ހާސިލްކުރުމަށް މާލެއަށް ބަދަލުވީ
ބޭބެއެއް މާލޭގައި ހުރުމާއި، އާއިލާވެސް
އެކަމަށް ވަރަށްބޮޑަށް ބޭނުން ވެގެންނެވެ. މަންމައާއި
ބައްޕަގެ ބޮޑު ފެމެލީގައި އަހަރެންނަކީ އެންމެ ހަގު މީހާއަށް ވުމުން ރަނގަޅު ތައުލީމެއް ދިނުމަށް
ބޭނުންވިއެވެ.
ބޭބެ އިނދެގެން އުޅެނީ މާލޭ މީހަކާއެވެ. އެހެންކަމުން އެގޭގައި އަހަރެންގެ ތައުލީމީ ހަޔާތް ފެށީ އެމީހުންގެ ދަރިއެއް ފަދައިންނެވެ. ދެމަފިރިންގެ ރައްކާތެރިކަމާ އޯގާތެރިކަން މައިންބަފައިންނަށް ވުރެވެސް ބޮޑަށް ލިބެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހާވެސް ބޮޑަށް އަހަރެން ގެންގުޅެމުން އައީ ރައްކާތެރިކަމާއެކުގައެވެ. އަހަރެންގެ ރަހުމަތެރިންގެ ބަހުރުވައިން 'ހަރުކަށި' ބޭބެއެކޭ ބުންޏަސް ގަބޫލު ކުރާނީ ކިހިނެތްހެއްޔެވެ. ފުރާވަރަށް އަރަމުންދާ އަންހެންކުއްޖަކު މި ޒަމާނުގައި ދޫކޮށްލާފައި ގެންގުޅުމަކީ ނުރައްކާތެރިކަމެކެވެ. އަހަރެންނަށް އެވަރު ވިސްނެއެވެ.
ތައުލީމީ ހަޔާތާއި ބޭބެމެންގެ ހިޔާވަހިކަމުގައި އުޅެ ބޮޑުވަމުންއައި އަހަރެންގެ ދިރިއުޅުމުގެ އެ ދުވަސްވަރަކީ އަހަރެންގެ ރަން ދުވަސްވަރެވެ. އެއްވެސް ކަމަކާ ހިތްހަމަނުޖެހިފަ ހުންނާކަށް ނުޖެހެއެވެ. އަހަރެންގެ އުޅުމާއި އަހުލާގު އަދި ސާޕްތާހިރުކަމަކީ ފަހަރީގެ ދަރިއަކަށް ލިބުމަށް އެދިއެދި ހުރި ނަސީބޭ ކިތަންމެ ފަހަރަކު ބުނާއަޑު އެހީމެވެ. ބޭބެގެ ހިތްހަމަ ޖެހުމަކީ އަހަރެންގެ ބަސްއެހުމާއި ކިޔަމަންތެރިކަން ހީނުކުރާހާ ރަނގަޅަށް ހުރުމެވެ.
ކިޔެވުމުގެ ފަހު އަހަރުގައި ލޯބީގެ ގޮތުން ކުއްޖަކާ ގުޅުނީމެވެ. އެއީ މާލެ އަތޮޅު ރަށެއްގެ ޒުވާނެކެވެ. ރަމީޒް އާ ފުރަތަމަވެސް ދިމާވި އަހަރެން އިންޓަވަލް ގަންނަން ދާ ފިހާރައިންނެވެ. އޭގެ ފަހުން މަދުމަދުން ދިމާވެ ، ދެމީހުންގެ ރަހުމަތްތެރިކަން ބަދަހިވަމުންދިޔައެވެ. ފަހުން އެނގުނު ގޮތުގައި އެއީ ރަމީޒްގެ ތިމާގެ މީހެއްގެ ފިހާރައެކެވެ. ރަމީޒަކީވެސް ކުޑަވަރެއްގެ ވިޔަފާރިއެއް ކުރާ ޒުވާނެކެވެ. ޓުއަރިސްޓުންނަށް ތަކެތި ވިއްކުމުގެ އެ ވިޔަފާރި ކުރަނީ އޭނަގެ ރަށުގައެވެ. އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ކުރަމުންއަންނަ އެ ވިޔަފާރީގެ އިސްމީހަކީ ރަމީޒެވެ. ކިޔެވުން ދޫކޮށްލާފައި ވިޔަފާރިއަށް އެނބުރުނު މައިގަނޑު ސަބަބަކީވެސް އާއިލާއަށް އެހީތެރިވުމެވެ.
އަހަރުމެން ދެމީހުންގެ ރަހުމަތްތެރިކަން މަޑުމަޑުން ލޯތްބަށް ބަދަލުވީ އެކަމަށް އެންމެ އެކަށޭނަ ދުވަސްވަރުއެވެ. އަހަރެންގެ އޯލެވެލް ނިމި ނަތީޖާއަށް އިންތިޒާރުކުރުމަށް ހުރި ދުވަސްވަރެވެ. އޭގެ ކުރިންވެސް އަހަރެން ހުރީ ރަމީޒްގެ ލޯތްބަށް ފެންބޮވައިގެންފައެވެ. ތެދަށް ބުނާނަމަ ދެމީހުންވެސް އެދިއެދި ހުރީ އެކަކު އަނެކަކަށް ލޯބި ފާޅުކުރާނެ ދުވަހަކަށެވެ.
އިތުރަށް ކިޔެވުމަށް ނުވަތަ ވަޒީފާއަށް ދިއުމަށް ރަމީޒް ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވީ ވީހާވެސް އަވަހަށް ކައިވެނިކުރުމަށެވެ. އަހަރެންވެސް އެކަމާ އިންކާރެއް ނުކުރަމެވެ. ހަޔާތުގެ ބައިވެރިއަކަށް ރަމީޒް ފަދަ ހަރުދަނާ ފިރިހެނެއްލިބޭނީ މަދު މީހަކަށޭ އަހަރެން ހިތަށް އެރިއެވެ.
ކައިވެނީގެ ހަބަރު އާއިލާއަށް ދިނީމެވެ. އެމީހުން މި ކައިވެންޏާ ދެކޮޅެއްވެސް ނޫނެވެ. އަދި ގަބޫލެއްވެސް ނޫނެވެ. އަހަރެންގެ އުފަލަކަށްވާތީ ބައްޕަ ވަލީދިނީއެވެ. އެމީހުން ބޭނުންވީ ރަށު ކުއްޖަކާ ކައިވެނިކުރާށެވެ. އެމީހުންގެ ލޯމަތީގައި ދިރިއުޅުމެއް ފަށާށެވެ.
ދެމީހުންގެ ކައިވެނި ކުރެވިއްޖެއެވެ. އަހަރެން އެހެން ދިރިއުޅުމެއް އުޅެން ޖެހެނީއެވެ. އެދުވަހު އަހަންނަށް ވަރަށް ގިނައިން ރޮވުނެވެ. ބޭބެއާއި ދައްތަ ދޫކޮށްލާފައި ދާން ޖެހޭތިއެވެ. އަހަރެންގެ ދިރިއުޅުން އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލަން ޖެހޭތީއެވެ. ކައިވެންޏަކީ ކިހާ ފޮނި އިހުސާސެއް ކުރެވޭ ކަމެއްކަން އެދުވަހުއެނގުނެވެ. ނަމަވެސް ބައެއް މީހުން ވަރަށް ހާލުގައި ކައިވެނީގެ ގުޅުންމަތީ ދެމި ތިބޭކަމަށް އަޑު އިވެއެވެ. އަހަރެންގެ ފަރުވާލެއްނެތެވެ. ރަމީޒަކީ އަހަރެންގެ ހަޔާތުގެ ފުރަތަމަ ބައިވެރިޔާއެވެ. ދުވަހަކުވެސް ދެރަގޮތެއް ހަދާފައި ނުވާތީވެ، ކައިވެނިވެސްކުރީ އެފަދަ ޔަގީންކަމާ އެކުގައެވެ.

ކައިވެނިކޮށްގެން އަހަރުމެންގެ ދިރިއުޅުން ބަދަލުކުރަން ޖެހުނީ ފިރިމީހާގެ ރަށަށެވެ. މާލެކައިރި ރަށަކަށް ވުމުން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުނަސް އަހަރެންގެ އާއިލާ އެކަމާ މުޅިން ދެކޮޅެވެ. އެމީހުންގެ އެންމެ ހަގު ދަރިފުޅު، އެތައް މޭލެއްގެ ދުރުމިނުގައި ދިރިއުޅުމެއް ފަށަން އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހެއެވެ. އެންމެންވެސް ފާޅުގައި ދެކޮޅުހެދިއެވެ. ނަމަވެސް މިހާރު އަހަރެންނަށް މަޖުބޫރުވެފައި ވަނީ ފިރިމީހާއަށް ކިޔަމަންވުން ކަމަށްވާތީވެ، ފިރިމީހާގެ އާއިލާ އާ އެކީގައި ދިރިއުޅެން ފެށީމެވެ.
ފިރިމީހާގެ ގޭގައި ވަރަށް ގިނަ މީހުން ދިރިއުޅެއެވެ. އަހަރެން ކުރިން ހީކުރާ ގޮތުގައި އެއް ގެއެއްގައި ތޮށްޖެހިގެން ދިރިއުޅެނީ ހަމައެކަނި މާލޭގައެވެ. ނަމަވެސް އޭގޭގައި ތިން އާއިލާއެއް ދިރިއުޅެއެވެ. ރަމީޒްގެ މަންމައާއި ބައްޕަގެ އިތުރުން އޭނަގެ ބޭބެއާއި ކޮއްކޮވެސް އަނބިންނާއެކީ ދިރިއުޅެނީ އެގޭގައެވެ. ނަސީބަކުން ހުރިހާ އެންމެންގެ އަނބިންވެސް ވަރަށް ގުޅެއެވެ. އެމީހުންގެ ފިރިންނަކީވެސް އަހުލާގު ރަނގަޅު ބައެކެވެ. އެގެއަށް އާދެވުމުން އަހަރެން ވަރަށް އުފާވިއެވެ.
މީހުން ބުނެއެވެ. ދުނިޔޭގައި އުޅޭއިރު ހުރިހާ އުފަލެއް ނުލިބޭނެއެވެ. އަދި އަބަދު އެ އުފަލެއްގައި ދާއިމަކަށްވެސް ނުހުރެވޭނެއެވެ. ތެދެކެވެ. އަހަރެންގެ ބޮޑު ހިތާމައެއް ބަރުދާސްތުކުރަން ނުޖެހި އަމާން އޮމާންކަމާއެކު ހިނގަމުންދިޔަ ދިރިއުޅުމަށް، ތޫފާނީ ވިލާތަކުގެ ހިޔަނި އެޅެން ފަށައިފިއެވެ. ވިލާތައް ބޯވެ ހަތަރު އުދަރެސް އަނދިރިވާން ދިމާވީ އެންމެ ކަމެއް ނޫނެވެ. އޭގެ ފަހުން ފުލުލުގައި ކަންތައްތަކާ ދިމާވާންފެށިއެވެ.
ފުރަތަމަވެސް މައިދަތަގެ ކޫސަނި މައްސަލަތަކެވެ. ރަމީޒްގެ މަންމައަކީ ހަމަ އަހަރެންގެވެސް އުފަން މަންމައެއްގެ ގޮތުގައި ދެކެމުންއައި މީހަކަށްވިޔަސް މައިދައިތަގެ ނަޒަރުގައި އަހަންނަކީ ބީރައްޓެއްސެކެވެ. ރަށު ކުއްޖެއްނޫނެވެ. ރަމީޒްގެ ފިހާރަ ފެނިގެން މުދަލަށް ކައިވެނިކޮށްގެން އުޅޭ ދަހި އަންހެނެކެވެ. މި ވާހަކަތައް އަޑު އިވެން ފެށީ އަވައްޓެރިންގެ ފަރާތުންނެވެ. އެންމެ ފަހުން އަހަންނާ ދިމާއަށްވެސް ބުނަން ފެށިއެވެ. މައިދައިތަގެ ޒީލަ ގަދަކަމުގެ ހަމަލާ އަންނަނީ ހަމައެކަނި އަހަރެން އެކަންޏަކަށްވެސް ނޫނެވެ. އަނެއް ދެ މީހުންގެ އަނބިންނާވެސް ކުރިމަތިލާން ޖެހެއެވެ. އެކަމުގެ ސަބަބުން އަހަރުމެން އެންމެންގެ ގުޅުން އިތުރަށް ބަދަހިވިއެވެ. ނަމަވެސް އެމީހުންފަދައިން އަހަރެންނަކީ އެ ރަށުގެ މީހަކަށް ނުވާތީ، އެމީހުންނަށް އެލިބޭ އާއިލާއާއި ރައްޓެހިންގެ ސަޕޯޓެއް އަހަންނަކަށް ނުލިބުނެވެ.
(ނުނިމޭ)
.

0 comments:
Post a Comment
އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ