- އަބްދުﷲ ޝަފީގް އަލީ-
އަހަރެން މިކަން ހައްލުކުރާނެ ގޮތެއް
ވިސްނާވިސްނާވެސް ނޭންގުނެވެ. އަދުހަމްއާއި ވާހަކަދައްކާނެ ގޮތެއް، ވާހަކަ ފަށާނެކޮޅެއް ނޭންގުނެވެ. ހުރިހާއެއްޗެއްގެ ތަފްސީލްކޮށް ކިޔާދޭން އޭނައަށް އިތުބާރުކުރާނެ މިންވަރެއް ކަނޑައެއް ނޭޅުނެވެ. ކޮންމެ ގޮތެއްވިޔަސް އޭނައަށް ހެއްކާއެކު ހުރިހާކަމެއްވެސް އޮތީ ލިބިފައެވެ. ބޮމެއްހެން އެކަންތައް ގޮއްވާލާނެ ބާރު އޮތީ މިހާރު އޭނަގެ
އަތުގައެވެ. ގެއަށް ދިއުމުގެ ކުރިން
އަހަރެން ކޮންމެވެސް ފިޔަވަޅެއް އަޅަން ޖެހެއެވެ. އެހެންނޫނީ މާ
ލަސްވެދާނެއެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފޯނު ރިންގްވާ އަޑަށެވެ. ކޮންތާކުން އަންނަ ކޯލެއް ބާވައެވެ. ރިންގުގެ ގޮތުން ބޭރުން އަންނަ ކޯލެއްކަން އެނގެއެވެ. އަހަރެންނަށް އޮފީހުގެ ފޯނަށް ގުޅާނެ މީހަކު
ހުންނާނެހެއްޔެވެ. އާއިލާ މީހެއްގުޅިޔަސް
ނުވަތަ އެނޫން ދަންނަ މީހަކު ގުޅިޔަސް،
ގުޅާނީ އަހަރެންގެ މޮބައިލަށެވެ.
ފޯނުގެ ރިންގު ކެނޑެންދެންވެސް އިނދެވުނީއެވެ. ބިރުންނެވެ. އެހެނަސް
އަނެއްކާވެސް ފޯނު ރިންގްވަމުން ދިޔައެވެ. ވަރަށް ހިތްވަރުކޮށްފައި ފޯނުނެގީމެވެ. އެކޮޅުން ވާހަކަދެއްކީ ނުވެސް ދަންނައަޑެކެވެ. އަހަރެންގެ ނަން އެހުމަށްފަހު އޭނަވެސް އަމިއްލައަށް ތައާރަފްވެލިއެވެ.
"ބިރުންދޯ ތިއިނީ...ކީއްވެ ބިރުގަންނަނީ، އަސްލުތީ ވަރަށް ގަޓު ހުންނަ ކުއްޖެއް،…. އަހަރެންނަށް އަދުހަމްގެ ފަރާތުން އެނގުނީ،… އަދުހަމަށް މިވާހަކަ ކިޔާދެން ނުކެރިގެން އަހަރެން ކައިރިބުނީ، ....ޑޯންޓް ވޮރީ، އެހެން އެއްވެސް މީހެއް ކައިރި ނުކިޔާނަން.، އެކަމަކު ސަރުތަކީ އަހަރެންނަށް މިކަންތައް ތަފްސީލްކޮށް ކިޔާދެން ޖެހޭނެ..."

އެއަޑުގައި އެއްވެސް ރަހުމެއްނެތެވެ.
ޒާހިދު ނަމަކަށް ކިޔާ އެ މީހާގެ ވާހަކަ ނިންމާލާފައި އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ.
"އާނ..ކިޔާދޭނަން...އެއީ ވަރަށް ބޮޑު މިސްޓޭކެއް..."

އަހަރެން ތުރުތުރުލަމުންދިޔަ އަޑުން ބުނެވުނެވެ.
ގެއަށް ގޮސް ފެންވަރައިގެން ޒާހިދުގެ ނަމްބަރަށް ގުޅީމެވެ. އޭނަ ހުރީ އަހަރެންގެ ކޯލަށް އިންތިޒާރުގައެވެ. ފުރަތަމަ ރިންގުން ފޯނު ނެގިއެވެ. އަދި އެޑްރެހެއް ދިނުމަށް ފަހު އެތަނަށް އައުމަށް ދައުވަތު ދިނެވެ. އަހަރެންނަށްވެސް އެގޮތް ކަމުދިޔައެވެ. ދުވަހަކުވެސް ކޮފީތަކާއި، ރެސްޓޯރެންޓު ތަކަކަށް ނުދާތީވެ، އެފަދަ މާހައުލަކުން ނުދަންނަ މީހަކާ ދިމާވެ، ހަޔާތުގެ ބޮޑު ސިއްރެއް ހާމަކުރަމަކީ އުނދަގޫ ކަމެކެވެ.
ޓެކްސީއަކަށް އަރައިގެން އެ އެޑްރެހަށް ފޭބުމާއި އެކު މީހަކު އައިސް ކާރު ދޮރު ހުޅުވާލަދިނެވެ. ހައިރާންވެ ހުރެ ދޮރުން ބޭރަށް ނިކުތް އިރު އެއީ މާލޭގެ ހިސާބެއްކަމަށް ވިޔަސް އާއްމުކޮށް ދަންނަ ހިސާބެއްނޫނެވެ. އެމީހަކު ސަލާމްކޮށްލިއެވެ. ދިގު ސޯޓުބުރިއަކާއި ޓީޝާޓެއް ލައިގެން ހުރި މީހެކެވެ. ތުނިކޮށް ބޯ ކޮށާލާފައި ހުރިއިރު މޫނުމަތިން ކޮންމެވެސް ތާކުން ދުށް ހަނދާނެއްވިއެވެ. ބަލާބެލުމަށް ތިރީހުގެ އަހަރުތައް ގުނަމުންދާ ފިރިހެނެކެވެ.
"މީ ޒާހިދު....އެނގޭ މި ގަޑީގަ ތިނޫން މީހަކު ނާންނާނެކަން....އެހެންވެ ތި ޓެކްސީ އެނގުނީ.....
ސޮރީ ޓެކްސީގަ އިން އަންހެންކުއްޖާ އެނގުނީ...."
އެއްވެސް ބީރައްޓެހިކަމެއްނެތި ޒާހިދު ވާހަކަދައްކަމުން ދިޔައެވެ. ދެމީހުންވެސް ތިބީ ޕޭމަންޓު މަތީގައެވެ.
"މިތަނުގަ ތަ ތިބެނީ.... " މީހުން ބަލާހެން ހީވެގެން އެހެން އަހާލީމެވެ.

"ނޫނ....މީ އަހަރުމެންގެ ގެ، މަންމަ އެކަނި އުޅޭނީ... އަހަރެންގެ ކޮޓަރީގަ އިތުރު މީހަކު އުނދަގުލެއް ނުކުރާނެ،..ވަރަށް ސޭފް ވާނެ.."
ކުރިމަތީ ހުރި 3 ބުރީގެ ގެއަށް އިޝާރަތްކޮށްލަމުން ޒާހިދު ޖަވާބު ދިނެވެ.
"ޓްރަސްޓް ..މީ..." އަހަރެން ހުއްޓިފައި ހުރުމުން ޒާހިދު ބުނެލިއެވެ.
މަޑުމަޑުން ޒާހިދުގެ ފަހަތުން އެގެއަށް ވަނީމެވެ. އެގޭގެ ގްރައުންޑް ފްލޯއަކީ ފިހާރައެކެވެ. ޒާހިދު ބުނޮގޮތުން އެމީހުން ދިރިއުޅެނީ ތިންވަނަ ބުރީގައެވެ. ފައިވާންތަކުން ފުރިފައިވާ ދެވަނަ ބުރީގެ ދޮރަށް އިޝާރަތްކޮށް އެބައިގައި އުޅެނީ ކުއްޔަށް އުޅޭ ބައެއްކަމަށްވެސް ބުންޏެވެ.
ތިންވަނަ ބުރީގެ ދޮރުން އެތެރެއަށް ވަނީމެވެ. ގޭގައި އެއްވެސް މީހެއް ނޫޅެއެވެ.
"ކޮބާ މިގޭ މީހުން..." އަހަރެން ސުވާލުކުރީމެވެ.
"ގޭގަ އުޅޭނީ މަންމަ އަކާއި ދައްތައެއް އުޅޭނީ....ދެން އެންމެން އުޅެނީ އިންޑިޔާގަ، އެމީހުން ގެ ދަރިންނަށް ކިޔަވަދޭން،..އަހަރެން އެކަނި ދޯ،........................................ ބައްޕަ އުޅެނީ އެހެން މީހަކާ އިނދެގެން އެހެން ގެއެއްގައި،..."

ޒާހިދުގެ އާއިލާގެ ކުޑަ
ތައާރަފެއް ދިނެވެ. 3 ކޮޓަރީގެ އެ އެޕާޓްމަންޓުގެ އެންމެ ކަނުގައި އިން ކޮޓަރި ހުޅުވާލިއެވެ. އެއްވެސް ތަރުތީބެއްނެތް ކޮޓަރިއެކެވެ. އެއްކަނެއްގައި ގިޓައެއް ބަހައްޓާފައި ހުރިއިރު މުޅި
ކޮޓަރީގެ ފާރުތަކުގައި
ހުރީ އެކި ވައްތަރުގެ ސައިކަލްތަކާއި ކާރުތަކުގެ ފޮޓޯތަކެވެ.
"މިއުޒިކް ކުޅެންތަ....ސައިކަލް ރޭސް ޖަހާ އުޅެން ދޯ..." އަހަރެން ނުތަވަސްކަން ފިލުވާލުމަށް ފާރަށް ބަލަހައްޓައިގެން ހުރެ ބުނީމެވެ.
"ނޫން...ތިކަހަލަ އެއްވެސް ކަމެއް ނުކުރަން..އަހަރެން ގެ ރައްޓެހިންނަކީ މިއުޒިކްގަ އަދި ރޭސިންގަވެސް ވަރަށް ފޯރި ހުންނަ ބައެއް، ....މާލެތެރެއިން އަހަރެން ފެންނާނެ... " ޒާހިދު އެނދުގައި އިށީންދެލަމުން ވާހަކަދެއްކިއެވެ.
"ދެން ކޮންމެވެސް ވަރަކަށް މިއުޅޭ އެހެން ގްރޫޕްތަކާވެސް ގުޅުން އޮންނާނެ.. އެކަމަކު ދުވަހަކުވެސް މަރާމާރީ ، .................ދެން މަސްތުވާތަކެތީގަ ބައިވެރިއެއްނުވަން،....އެމީހުންނަށް ހެލްޕްވެލަން ދޯ...، އަހަންނަކަށް ވަގުތެއްނުވޭ....އަހަރެން އުޅެނީ މާލޭގައެއްވެސްނޫން،...އަހަރެންވެސް ހުންނަނީ ބެންގަލޯރ ގަ ކިޔަވަން.."
"އެހެންވީމަ ތީ ހާދަ......" އަހަރެންގެ ވާހަކަ ނުނިމެނީސް ޒާހިދު ވާހަކަ ފެށިއެވެ.
"ނޫން،..ތި ހީކުރާ ގޮތަކަށްނޫން....އެކަމަކު އަހަރެންނާ ކުޅެލައިފި މީހަކަށް ސަލާމަތްކަމާ އެކީގަ ދިރިއުޅެން ވަރަށް އުދަގުވާނެ"

ބިރުވެރި އިންޒާރެއްފަދައިން
ބުނި އެ ޖުމްލަ އަހަރެންގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. ހިތް ބިރުގަތެވެ. ދިމާވާން ނުޖެހޭ ކަހަލަ މީހަކާ ދިމާވީ ހެއްޔެވެ؟ ވާހަކަތައް ކިޔާދެން ނުޖެހޭ ކަހަލަ މީހަކާ ދިމާވީ ހެއްޔެވެ؟
އަހަރެން ގޮނޑީގައި ހަމަޖެހިލީމެވެ. އަދި ހަޔާތުގެ އެ ބޮޑު ސިއްރު ކިޔާދިނުމަށް ތައްޔާރުވީމެވެ. ވާހަކަ ފަށާނެކޮޅެއް، ފަށާނެ ދިމާލަކަށް ވިސްނާލީމެވެ. ކުއްލިއަކަށް ބުނާނީ ހެއްޔެވެ؟ ނުވަތަ ވަރަށް ދުރުދުރުން ފަށާނީ ހެއްޔެވެ؟... ހަމަ ޔަގީނުންވެސް ޒާހިދު އެއިނީ އެ ވާހަކަތައް އަޑުއަހަން ފެން ބޮވައިގެންފައެވެ. އެފަދަ ކަމެއް އެނގުނީމާ އަޑުއަހާހިތް ނުވާނީ ކާކުހެއްޔެވެ؟..

(ނުނިމޭ)

0 comments:
Post a Comment
އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ