- އަބްދުﷲ ޝަފީގް އަލީ-
އެއަރޕޯޓުން އައިގޮތައް ދަބަސް ހިފައިގެން ދިޔައީ އަލްފްރެސްކޯއަށެވެ. އަހަރެންގެ
ފެވަރިޓް ކޮފީޝޮޕެވެ. އެތަން ހިތްގައިމުވީ މީގެ އަހަރުތަކެއް ކުރިން
ފެށިގެންނެވެ. ހަމައެކަނި އަލްފްރެސްކޯއެއްނޫނެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ކޮންމެ ތަނަކީ އަހަރެންގެ ފެވަރިޓް ތަންތަނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އެއީ އަހަރެންގެ ލިއުޝާގެ އޮފީސް ހުންނަ އިމާރާތެވެ. އަހަރެންގެ
އެތައް ހަނދާނެއް ހަރުލާފައި ހުރި
އިމާރާތެވެ. އަލްފްރެސްކޯގައި އިންނައިރު އަހަރެންނަށް ނުފެނި ލިއުޝާއަށް އޮފީހުން ނުދެވޭނެއެވެ. އަލްފްރެސްކޯއަށް ދަނީ އެހެންވެގެންނެވެ. ސިޔާސީ ވާހަކަތަކުން މުޅި ކެފޭ
އަޑުގަދަވެފަ އޮތަސް އަހަރެންގެ ނަޒަރު
ހުއްޓެނީ ކުރިމަތީގަ ހުންނަ ވަށްސިޑިއަށެވެ. ކޮފީތަށި ހިހޫވެ، ދެވަނަ ފަހަރަށް ގެންނަން ޖެހުނަސް ލިއުޝާ ފެނުނީމަ
ނޫނީ އެތަނުން ދާހިތެއް ނުވެއެވެ.
..............
އެއީ މީގެ 5 އަހަރު ކުރިއެވެ. އޯލެވެލް ނިންމާލުމަށް ފަހު އޮފީހަކަށް ވަނީ ކިޔަވާހިތް ނުވާތީއެއްނޫނެވެ. އާއިލާގެ ހާލަތު ހުރިގޮތުން އިތުރަށް ކިޔަވައިދިނުމުގެ ތަނަވަސްކަން ނެތީމައެވެ. އަހަރެންގެ ހަގަށް އިތުރު 3 ކުދިން ތިބެއެވެ. އެމީހުނަށް ކިޔަވާދިނުމާއި އެހެނިހެން ހަރަދުތައް ކުރަން ޖެހެނީ ހަމައެކަނި ބައްޕައަށް ލިބޭ ކުޑަ މުސާރަކޮޅުންނެވެ.
އަހަރެންގެ ޝަކުވާއެއްނެތެވެ. އެ ދެމަފިރިން އަހަރުމެން ދަރިންނަށް ޓަކައި ނުއުފަލަނީ ކޮން ބުރައެއްހެއްޔެވެ. އަހަރުމެން ހަތަރުބެއިންނަށް ރީތިވާ ސާމާނާއި އެންމެ ފަހުގެ ފެޝަން ތަކުގެ ހެދުންތައް ގަނެދެއެވެ. ގަޑިންގަޑިއަށް ކާން ލިބެއެވެ. މަންމައާއި ބައްޕަ ފިހާރައަކުން އާ ހެދުމެއް ގަނެގެން ލީ ދުވަހެއް ހަނދާނެއް ނެތެވެ. މުޅިންވެސް ރައްޓެހިންދޭ ހެދުމާއި ގާތްތިމާގެ މީހުން ހަދިޔާއަށްދޭ ހެދުން ނޫނީ އެމީހުންނެއްނުލައެވެ. އަހަރުމެން އެކި ފާޑުގެ ރީތިވާ ސާމާނު ބޭނުން ކުރިޔަސް މަންމަގެ ފެވަރިޓަކީ ދަނޑި ސައިބޯންޏާއި ކާށިތެލެވެ.
..............
އެއީ މީގެ 5 އަހަރު ކުރިއެވެ. އޯލެވެލް ނިންމާލުމަށް ފަހު އޮފީހަކަށް ވަނީ ކިޔަވާހިތް ނުވާތީއެއްނޫނެވެ. އާއިލާގެ ހާލަތު ހުރިގޮތުން އިތުރަށް ކިޔަވައިދިނުމުގެ ތަނަވަސްކަން ނެތީމައެވެ. އަހަރެންގެ ހަގަށް އިތުރު 3 ކުދިން ތިބެއެވެ. އެމީހުނަށް ކިޔަވާދިނުމާއި އެހެނިހެން ހަރަދުތައް ކުރަން ޖެހެނީ ހަމައެކަނި ބައްޕައަށް ލިބޭ ކުޑަ މުސާރަކޮޅުންނެވެ.
އަހަރެންގެ ޝަކުވާއެއްނެތެވެ. އެ ދެމަފިރިން އަހަރުމެން ދަރިންނަށް ޓަކައި ނުއުފަލަނީ ކޮން ބުރައެއްހެއްޔެވެ. އަހަރުމެން ހަތަރުބެއިންނަށް ރީތިވާ ސާމާނާއި އެންމެ ފަހުގެ ފެޝަން ތަކުގެ ހެދުންތައް ގަނެދެއެވެ. ގަޑިންގަޑިއަށް ކާން ލިބެއެވެ. މަންމައާއި ބައްޕަ ފިހާރައަކުން އާ ހެދުމެއް ގަނެގެން ލީ ދުވަހެއް ހަނދާނެއް ނެތެވެ. މުޅިންވެސް ރައްޓެހިންދޭ ހެދުމާއި ގާތްތިމާގެ މީހުން ހަދިޔާއަށްދޭ ހެދުން ނޫނީ އެމީހުންނެއްނުލައެވެ. އަހަރުމެން އެކި ފާޑުގެ ރީތިވާ ސާމާނު ބޭނުން ކުރިޔަސް މަންމަގެ ފެވަރިޓަކީ ދަނޑި ސައިބޯންޏާއި ކާށިތެލެވެ.
މާލޭގެ ކުޑަ ތަނެއް ކުއްޔަށް ހިފައިގެން އުޅެން ޖެހުމުން ބައްޕައަށް ޖެހިފައިވާ ބުރަ ފިލުވުމުގެ ގޮތުން އަހަރެން ވަނީ އަމިއްލަ އޮފީހަކަށެވެ. ބިދޭސީ މުއައްޒަފުން ގެންނަ އެ ކުންފުނީގެ އަހަރެންގެ މަސައްކަތަކީ އެތަނަށް ގެންނަ ލޭބަރުން ބަލާ އެއަރޕޯޓަށް ދިއުމާއި، އެމީހުންގެ ވިސާއާއި އެހެނިހެން ކަންތައް ބެލެހެއްޓުމެވެ. ކުޑަ އޮފީހެއްކަމުން ކޮންމެ ސެކްޝަނެއްގައިވެސް މަސައްކަތްކުރަނީ އަހަރެން ފަދަ ހީވާގި އެންމެ މީހެކެވެ. އެހެންކަމުން އޮފީހުގެ މައްސަލަތައް މަދުވެ އަހަރުމެންގެ އެކުވެރިކަންވެސް ވަރަށް ބޮޑެވެ.
އަހަރެން ފިޔަވާ އެންމެނަކީވެސް ކައިވެނިކޮށްގެން، އާއިލާގެ ޒިންމާތަކެއް އަދާކުރާ މީހުންނެވެ. އެހެން ކަމުން ރޭގަނޑު އޮފީހުގެ އިތުރު މަސައްކަތެއް ޖެހުނަސް އުފަލާއި އެކު، އަހަރެން އެކަނި ކުރަނީ އެހެން މީހުންނަށް ލުއިކޮށްދީ، އާއިލާ އަކީ ކިހާ މުހިއްމު ބައެއްކަން ވިސްނޭތީއެވެ. އެހެންނޫނަސް ރޭގަނޑު ކުރާނެ އިތުރު އެހެން ކަމެއްވެސް ނޯވެއެވެ. އަހަރެންގެ ހަޔާތުގެ ބައިވެރިއެއް ނެތި، ހަޔާތް ވޭތުކުރަތާ ދެއަހަރަށް ވުރެވެސް ގިނަ ދުވަސްވީއެވެ. މިހާތަނަށް ރައްޓެހިވި ތިން ކުދިންވެސް ރުޅިވެގެން ދިޔައީ އެކިއެކި ބަހަނާ ދައްކާފައެވެ. އެކި ކުދިންނާ އެކި މުއްދަތަށް ރައްޓެހިވިޔަސް ކޮންމެ ކުއްޖަކާވެސް ރައްޓެހިވަނީ ވަރަށް ސީރިޔަސްކޮށެވެ. ކައިވެނި ކުރުމުގެ އުފާވެރި، ފޮނި އުއްމީދުތައް ކުރަމުންނެވެ. އެހެން ނަމަވެސް އެ ހުވަފެން ބިލާހަކަށް ވެގެން ދަނީ ހިތްކުދިކުދި ކޮށްލާފައެވެ. އަންހެންކުދިން ދެކެ ފޫހިވާން ފެށީ އެހިސާބުންނެވެ. ވޭތުވެ ދިޔަ ދެއަހަރުގެ ދުވަހުގެ ތެރޭގައިވެސް އިސްވެ، ބައެއް އަންހެން ކުދިން ލޯބި ހުށައެޅިއެވެ. އަދި އެނޫން ގޮތްގޮތުންވެސް އަންހެން ކުދިންގެ ފަރާތުން އިޝާރާތްތައް ލިބެމުން ދިޔައެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކުވެސް އަހަރެން ދެނީ އެމީހުން ފޫހިވާ ކަހަލަ ޖަވާބުތަކެވެ. އަނެއްބައި ފަހަރު އަޅާވެސް ނުލަމެވެ.
އަންހެން ކުދިންނާ ދޭތެރޭ ދެވަނަ ފަހަރަށް ވިސްނަން މަޖުބޫރުވީ އަލަށް އޮފީހަށް ގުޅުނު ލިއުޝާގެ ސަބަބުންނެވެ. އޮފީހުގެ މަސައްކަތްތައް ފުޅާވެ، މުއައްޒަފުންނާއި ބައެއް ސެކްޝަންތައް އިތުރުކުރުމުގެ ތެރޭގައި، އަލަށް ވެއްދި ހަމަ އެކަނި އަންހެން ކުއްޖަކީ ލިއުޝާ އެވެ. ފުރަތަމަވެސް ލިއުޝާ ފެނުނީ އޮފީހަށް އަންނަންވެގެން ސިޑިން އަރަނިކޮށެވެ. ދެމީހުންވެސް ދިމާވީ އަހަރެންގެ އޮފީސް ހުންނަ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ވަށްސިޑިންނެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ގައިގަ ނުޖެހި ސަލާމަތްވީ ކިރިޔާއެވެ. އަހަރެން މައްޗަށް އެރީ ލޭބަރ މިނިސްޓްރީއަށް ގެންދަން ޖެހޭ ލިޔުންތަކެއް ބަލައެވެ. ލިއުޝާ ތިރިޔަށް ފައިބައިގެން އައީ ވަރަށް ހެވިފަހުރެގެންނެވެ. އެ ރީތި ހިނިތުންވުން ފުރަތަމަވެސް އަހަރެންގެ ހިތަށް އަސަރުތަކެއް ކުރުވިއެވެ. މީގެ ކުރިންވެސް އެތައް ކުދިންނެއް މި ސިޑިން ދިމާވިއެވެ. އެކަމަކު މި އިހްސާސެއް ދުވަހަކުވެސް ނުވެއެވެ. ހީވަނީ އެތައް ފަހަރަކު ދެކިފަ ހުރި މޫނެއް ހެންނެވެ. އެހެންނެއް ނޫނެވެ. ވެދާނެއެވެ. ހިންދީ ފިލްމީ ތަރި ބިޕާޝާއާ ވައްތަރުވުމުން، ތަންކޮޅެއް ރަނގަޅަށް ބަލާލެވުނީއެވެ. އެއީ ސަބަބެއް ކަމަށް ބަލާފައި، އޮފީހަށް ވަނީ ދެންމެ ދިމާވި ކުއްޖާގެ ސޫރަ ހަނދާން ނެތޭނެކަމުގެ އުއްމީދުގައެވެ.
ކަންތައްވީ ހީކުރިގޮތަކަށް ނޫނެވެ. ޖެހިގެން އައި ދުވަހު އޮފީހުގެ ކައުންޓަރުން އަހަންނަށް މަރުހަބާކީ ލިއުޝާއެވެ. އިއްޔެ އަހަރެންގެ ކައިރިން، ރީތި ހިނިތުންވުމަކުން ހިތް ކުދިކުދިކުރަމުން ދިޔަ ލިއުޝާއެވެ. މާބޮޑު ޝައުގުވެރިކަމެއްނެތް ގޮތަކަށް އަހަރެން އަމިއްލަ އަށް ލިއުޝާއަށް ތައާރަފް ވެލީމެވެ. ޖަވާބުގައި ލިއުޝާވެސް ތައާރަފް ވެލިއެވެ. އެ ރީތި ހިނިތުންވުމާ އެކުގައެވެ. އަހަރެން ފަދައިން ލިއުޝާވެސް އޯލެވެލް ނިންމާލުމަށް ފަހު، މިއީ ފުރަތަމަ ވަޒީފާއެވެ. އޮފީސް މާހައުލާއި، މަސައްކަތުގެ ދާއިރާގައި ތަޖުރިބާ ނެތަސް އަހަރުމެން އޮފީހުގެ ރިޝެޕްސަނުގައި އިންނަން އެންމެ އެކަށީގެންވަނީ ލިއުޝާ ފަދަ ރީތި، މަޑުމައިތިރި އަންހެން ކުއްޖެކެވެ. ޒަމާނުގެ ފެޝަންތަކުން ހައްދު ފަހަނަ އަޅާފައިނުވާއިރު ލިއުޝާގެ ހެދުން އެޅުމުގެ ސާދާގޮތް ފުރަތަމަ ދުވަހުވެސް އަހަންނަށް ފާހަގަ ކުރެވުނެވެ. މުޅި ދުވަހު އޮފީހުގެ މަސައްކަތުގައި ހޭދަ ކުރަމުން ދިޔައިރު ބޭއިހްތިޔާރުގައި ލިއުޝާގެ ހަރަކާތްތަކަށް ވެސް ބެލެއެވެ.

0 comments:
Post a Comment
އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ