-އަބްދުﷲ ޝަފީގް އަލީ-
މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. ވަރަށް ބޮޑަށް ފިނިވެގެންނެވެ. ކޮޓަރީގެ އޭސީ
ފިނިން، އަހަރެންގެ ފޭރާމެއް ނެތް ހަށިގަނޑު ގަނޑުކުރަމުންދިޔަސް ވެފައި ހުރި
ވަރުބަލިކަމެއްގެ ސަބަބުން ދެލޯ މެރެމުން ދިޔައެވެ. ކަންނެތް ގޮތަކަށް ކުއިލްޓެއް
ނުވަތަ ގައިމަތީގަ އަޅާނެ ފޮތިގަނޑެއް ކަހަލަ އެއްޗެއް އަތުޖެހޭތޯ އަތް
ހިންގާލީމެވެ. ސިއްސައިގެން ގޮސް ހޭލެވުނީ މީހެއްގެ ގައިގަ އަތް ޖެހުމުންނެވެ.
ލޮލުން ނިދިފިލައި ދެލޯ ބޮޑުކޮށް ބަލާލީމެވެ. ކައިރީގައި މިއޮތީ ހިލޭ
ފިރިހެނެކެވެ. އަހަރެންނާ އެއްވެސް ގުޅުމެއް ނެތް މީހެކޭ އެއްފަދައިން އަނެއް
ފަރާތަށް އެނބުރި ނިދާފައެވެ. އެ މީހާގެ ތަލަވަމުންދާ
ފުއްކިބާ ފެނުމުން އެއީ އަދުރޭކަން ހަނދާންވިއެވެ. ކުއްލިއަކަށް މީގެ
އިރުގަނޑެއްކުރިން ހިނގިކަންތައްތައް ހަނދާންވިއެވެ. އެންމެ ސިކުންތުކޮޅެއް ވެސް
ނަގާލެވޭކަށްނެތެވެ. ނުވަތަ މިތަނުގައި މަޑުކުރާކަށް ބޭނުމެއްވެސް ނޫނެވެ. އަވަސް
އަވަހަށް ފާހާނާއަށް ވަދެ ފްރެޝް ވެލީމެވެ. ފެންވަރާކަށް، ރީތިވާކަށް
ވަގުތެއްނެތެވެ. ތުވާލި ގައިގަ އޮޅާލައިގެން ނިކުތް އިރުވެސް އަދުރޭ ނިދާފައި
އޮތެވެ. އަވަސް އަވަހަށް ހެދުން ލައިގެން މިސްރާބު ޖެހީ މި 'ކުށުވެށި' މާހައުލުން
ސަލާމަތްވުމަށެވެ. ބޯހެވިފައި، ހަށިގަނޑުގެ ނުސާފުތާހިރު ކަމުގެ ފަރުދާ އަކަށް މި
ފަހަރު މިވީ އަހަރެންގެ މޫނު ބުރުގާއެވެ. ނަސީބެކޭ ހިތަށް އެރިއެވެ. އެހެން ނޫން
ނަމަ މަގުމަތިން ދާ މީހުންނަށް އަހަރެން ވަރުބަލިވެފައިވާ ދެލޮލާއި ހޭވިފައިވާ
އިސްތަށިގަނޑު އަދި ރޫގުޅަ ޖެހިފައިވާ ހެނދުމުން އަހަރެންގެ ހާލަތު ވަޒަން
ކުރާނެއެވެ.
މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ބޭރަށް ނިކުތީމެވެ. އޭރުވެސް
އަދުރޭ އޮތީ ނިދާފައެވެ. އަހަރެން މިތަނުން ނިކުތުމުގެ ހިލަމެއްވާން ނޭދޭއިރު
އަދުރޭގެ ކަންނެތް ހަށިގަނޑުވެސް އިތުރަށް އަހަރެންނަށް ސަމާލުކަންނެތް ފަދައެވެ.
ވެދާނެއެވެ. އޭނަގެ ނިޔަތް ފުރިހަމަވީއެވެ. ފުދުނީއެވެ. ނުވަތަ ފުދި އިތުރުވެސް
ވީއެވެ.
އެތަށް އިރެއްގެ އިންތިޒާރެއްގައި، ޖުމްހޫރީ މައިދާނުގެ ޕާކުގެ ފާރުބުރިމަތީ
އިނުމަށް ފަހު އެންމެ ފަހުން ފެރީ ލަފައިފިއެވެ. ހަވީރުގެ ވަގުތުކަމުން މީހުންގެ
ހޭލަމޭލަ ގިނަ ވަގުތެކެވެ. އަހަރެން އަވަސްވެ ގަތީ ފެރީއަށް އެރުމަށެވެ. ވީހާވެސް
އަވަހަށް ދަރިފުޅާއި ފިރިމީހާ ކައިރިއަށް، އެމީހުންގެ ރަށަށް ދިއުމަށެވެ.
އެމީހުންނާ ދުރުގައި މިވީ 'ކުޑަ ވަގުތުކޮޅު' ވެސް ހޭދަ ކުރެވުނީ އަހަރެންގެ ހަމަ
ހިއްސުގައިބާވައޭ ހިތަށް އެރިއެވެ. މިއީ އަހަރެން ދުވަހަކުވެސް ދެކެން ބޭނުންވި
ދުވަހެއްވެސް ނޫނެވެ.
ފެރީ މާލޭގެ ފަޅުތެރެއިން ނައްޓާލުމުން އަހަރެން ރަނގަޅަށް ވިސްނާލީމެވެ. މި
ހިނގި ހާދިސާއަކީ ކުރިއަށް އޮތް ކިތަށް ހާދިސާތަކެއްގެ ފެށުމެއްކަމެއް ނުވަތަ މި 'ދުނިޔެއިން'
ނުކުތުމުގެ ނިމުމެއްކަމެއް ޔަގީނެއްނޫނެވެ.
މީހުން ބުނެއެވެ. ކުށެއް ކުރުމުން އެކަމާ އަބަދުވެސް ފަހުން ދެރަވާނެއެވެ. ތެދެކެވެ. އެއީ ހަމަ ބުއްދީގައި ތިބޭ މީހުންނެވެ. ތިމާ ބަނޑުހައިވެ، މަރުވާ ދަރަޖައަށް ދިއުމުން ގޮނޑު ހޮވައިގެންވިޔަސް ކައިގެން އުޅެނީ އެމީހުންގެ ގޮތެއްފޮތެއް ނެތީމައެއްނޫނެވެ. ތިމާގެ ބަނޑު ފުރިފަ ހުންނައިރު ވިސްނޭވަރަކަށް އަނެކާ ގެ ގޮހޮރު ތަތްވެ ހާންތިވުމުން ނުވިސްނޭނެއެވެ. ގިނަ ދިވެހިންގެ މައްސަލައަކީ މިއެވެ. އަބަދުވެސް އެހެން މީހުން މިނަން ގެންގުޅޭނީ ތިމާ މިނަން ގެންގުޅޭ ނާޅިއެވެ. އެހެން މީހުން ބޭނުންވާން ޖެހޭނީވެސް ތިމާ ބޭނުންވާ އެއްޗެކެވެ. އަނެކާގެ އިސްކޮޅާއެއްވަރަށް ތިރިވެ، އޭނާއަށް މަންޒަރު ފެންނަނީ ކިހާވަރަކަށްތޯ ނުބަލާނެއެވެ.
އަހަރެންގެ އިނީ އެ ހިޔާލުގައެވެ. ފެރީ ލެފެންދެނެވެ. ދެންމެ ހިނގާދިޔަ ކަމަކީ ޖަޒުބާތުގެ ކަނޑުގައި އަހަރެން ތެންމާލިކަމަކަށް ވިޔަސް ލޯބީގެ ދުނިޔޭގައި އަހަރެންގެ ދަރިފުޅާއި ފިރިމީހާ ނޫން މީހަކުނެތެވެ.
އަހަރެންގެ އިނީ އެ ހިޔާލުގައެވެ. ފެރީ ލެފެންދެނެވެ. ދެންމެ ހިނގާދިޔަ ކަމަކީ ޖަޒުބާތުގެ ކަނޑުގައި އަހަރެން ތެންމާލިކަމަކަށް ވިޔަސް ލޯބީގެ ދުނިޔޭގައި އަހަރެންގެ ދަރިފުޅާއި ފިރިމީހާ ނޫން މީހަކުނެތެވެ.
ގެއަށް ދެވުމާއި އެކު މަންމާ އޭ ކިޔާ ދަރިފުޅު އަހަރެންގައިގަ ބައްދާލިއެވެ. ދަރިފުޅުނުލާ ދިއުމުން ރަމީޒުގެ ޝަކުވާ އަންނާނެކަން އިނގެއެވެ. އަޒޫއާ ހަވާލުކޮށްގެން އެކަމުގެ ޝަކުވާއެއްނޫނެވެ. އެކަނި މާލެ ދިއުމުގެ ޝަކުވާއެވެ. ނަސީބަކުން އެވަގުތު ރަމީޒް ގެއަކު ނެތެވެ. ރަނގަޅަށް ފެންވަރައިގެން ދަރިފުޅަށް ކާން ދިނުމަށް ފަހު ނިންދަވަން އުޅެނިކޮށް ރަމީޒް އައެވެ. އޭނަ ފެނުމުން ފުރަތަމަ ފަހަރަށް އަހަންނަށް މިއަދު ކުރެވުނު ކަންތަކާ ދެރަވިއެވެ. ވަރަށް ބޮޑަށް ދެރަވިއެވެ. އެއީ އަހަރެންގެ އަލަތު ލޯބިވެރިޔާއެވެ. އަލަތު ކައިވެންޏެވެ. ހުރިހާ ކަމެއްގައިވެސް 'އަލަތެވެ. ލޯތްބަށް ބަދަލު ނަޔަސް ހިތުގެ ގަދަރެއްނެތް ލޯބީގައި އޮންނާނީ ކޮން ގުޅުމެއް ހެއްޔެވެ. އެވަރު އަހަރެންވެސް ދަނެއެވެ. އެހެން ވިޔަސް އަހަރެންގެ ފިރިމީހާއެވެ. ގުޅުން ބަދަހިކޮށް ޖެހިފައިވާ މައްސަލައެއްގެ ގޮށް ފިލުވާނީވެސް ހަމަ އަހަރުމެން ދެމީހުން ނޫން ހެއްޔެވެ.
އާދައިގެ މަތިން އޭނަ ވަނީ ފެންވަރާށެވެ. ނަސީބަކުން
މިއަދު ހަގު އަނބި ނާދެއެވެ. އޭނަ ކޮބައިތޯ ސުވާލެއްވެސް ނުކުރަމެވެ. ދުވަހަކު ލޮލަށް ނުފެންނާނެ ނަމައޭ އަބަދުވެސް ހިތަށް އަރައެވެ.
ފެންވަރައިގެން އައިގޮތަށް ދަރިފުޅާ ކުޑަކޮށް ވާހަކަ ދައްކާފައި ނިދަން ތައްޔާރުވިއެވެ. އަހަރެންނާ އެއްވެސް ސުވާލެއް ނުކުރެއެވެ. މިއަދު މާލެ ދިއުމުން ދިމާވި އެއްވެސްކަމެއްގެ އިތުރުން ދަރިފުޅު ބަހައްޓާފަ ދިޔައީ ކީއްވެތޯވެސް ނާހައެވެ. އަހަންނަށް ވަރަށް އުނދަގޫވިއެވެ. މައްސަލަ ޖެހެން ޖެހޭ ތަނެއްގައި މައްސަލަވެސް ޖެހެން ޖެހޭނެއެވެ. ޝައްކު ކުރެވޭ ކަހަލަ ކަމެއް ވީމާ ޝައްކުވެސް ކުރަން ޖެހޭނެއެވެ. ހިތްހަމަ ނުޖެހޭ ކަމެއް ވީމާ އެކަމާވެސް ވާހަކަދައްކަން ޖެހޭނެއެވެ. މިއީ ދިރިއުޅުމެވެ. ދިރިއުޅުމުގައި މައްސަލައެއް ނުޖެހޭ ނަމަ އެއީ މައްސަލައެކެވެ. އަދި މައްސަލައެއް އުޅޭ ނަމަ އެކަމާ އަޅާނުލާ ވާހަކަ ނުދައްކާ ނަމަ އެއަށް ވުރެ ބޮޑު މައްސަލައެއް ކޮބައިހެއްޔެވެ. ޒުވާބުކޮށް ދެބަސްވެލައިގެން ދިރިއުޅުން ފުރިހަމަވެސް ވެއެވެ. އެއީ ދިރިއުޅުމަށް ލިބޭ އިތުރު ލޮނުހެޔޮވަރު ކޮށްލުމެކެވެ.
ފެންވަރައިގެން އައިގޮތަށް ދަރިފުޅާ ކުޑަކޮށް ވާހަކަ ދައްކާފައި ނިދަން ތައްޔާރުވިއެވެ. އަހަރެންނާ އެއްވެސް ސުވާލެއް ނުކުރެއެވެ. މިއަދު މާލެ ދިއުމުން ދިމާވި އެއްވެސްކަމެއްގެ އިތުރުން ދަރިފުޅު ބަހައްޓާފަ ދިޔައީ ކީއްވެތޯވެސް ނާހައެވެ. އަހަންނަށް ވަރަށް އުނދަގޫވިއެވެ. މައްސަލަ ޖެހެން ޖެހޭ ތަނެއްގައި މައްސަލަވެސް ޖެހެން ޖެހޭނެއެވެ. ޝައްކު ކުރެވޭ ކަހަލަ ކަމެއް ވީމާ ޝައްކުވެސް ކުރަން ޖެހޭނެއެވެ. ހިތްހަމަ ނުޖެހޭ ކަމެއް ވީމާ އެކަމާވެސް ވާހަކަދައްކަން ޖެހޭނެއެވެ. މިއީ ދިރިއުޅުމެވެ. ދިރިއުޅުމުގައި މައްސަލައެއް ނުޖެހޭ ނަމަ އެއީ މައްސަލައެކެވެ. އަދި މައްސަލައެއް އުޅޭ ނަމަ އެކަމާ އަޅާނުލާ ވާހަކަ ނުދައްކާ ނަމަ އެއަށް ވުރެ ބޮޑު މައްސަލައެއް ކޮބައިހެއްޔެވެ. ޒުވާބުކޮށް ދެބަސްވެލައިގެން ދިރިއުޅުން ފުރިހަމަވެސް ވެއެވެ. އެއީ ދިރިއުޅުމަށް ލިބޭ އިތުރު ލޮނުހެޔޮވަރު ކޮށްލުމެކެވެ.
ރަމީޒުގެ މި ފަރުވާކުޑަވުމާއި ސަމާލުކަން ގެއްލުންވީ އަހަރެން އެހެން ކަންތަކަށް އިތުރަށް ސަމާލުކަން ގެނައުމަށް ލިބުނު ހިތްވަރަކަށެވެ. ކުރިން ފޯނުން ޗެޓްކުރަމުން ދިޔަ މީހުންގެތެރެއަށް ތަފާތު މިޒާޖުގެ މީހުން އިތުރުވާން ފެށިއެވެ. މީހުންގެ ހިތްތަކާ ކުޅެލާ އެމީހުން ބޭނުންވާ ގޮތަކަށް ވާހަކަ ދެއްކުމުގައި ކެރޭ އަންހެނަކަށްވެއްޖެއެވެ. މިކަމުގައި އަދުރޭ ކުށްވެރިކުރާކަށް ނެތީމެވެ. އޭނަ ބޭނުންވާ ކަންތައް ވުމުން ގުޅުން ކެނޑުނީ އަހަރެންގެ ވެސް ސަބަބުންނެވެ. ފިރިހެނުންގެ ތެރޭގައި އެކި މަގުސަދުތަކަށް ތިލަވާ މީހުން ތިބޭކަން ކުރިން ނުވިސްނުނީމައެވެ. އަހަރެން ވެސް އެފަދަ 'އެކްޓަރަކަށް' މިވީ ހަމަ އެކަނި ޗެޓުންނެވެ. ހަގީގީ ދުނިޔޭގައި މީހުންގެ ހިތްތަކާ ކުޅުމަކީ ކުރެވޭނެ ކަމެއްނޫނޭ ބައެއް ފަހަރު ހިތަށް އަރައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެންގެ މަޑުމަޑުން ބަދަލުވަމުން ދިޔަ ދިރިއުޅުމުގެ ކޮންޓްރޯލް، އަހަރެންގެ އަތުން ގެއްލުނެވެ. ހިލޭ ފިރިހެނުންނާ ބައްދަލުކުރުމުގައިވެސް ވަކި އުސޫލެއް ނެތިއެވެ. އަހަރެން ފަދަ އަންހެން ރަހުމަތްތެރިންވެސް ލިބެންފެށިއެވެ. އެމީހުންނަކީ ފިރިހެނުންގެ ހިތްތަކާ ކުޅުމުގައި ހުނަރުވެރިބައެކެވެ. ލަދު ހަޔާތާއި، އެހެން މީހުން ކިޔާނެ އެއްޗަކަށް ބެލުމަކީ އެމީހުންގެ ދުނިޔޭގައި އޮންނަ ކަމެއްނޫނެވެ. އެ ދުނިޔޭގައި އަހަރެންވެސް ރަނގަޅަށް ހައްޔަރުވިއެވެ.
ދުނިޔޭގައި ސިއްރުން އުފާ ހޯދާނީ ކިހިނެތް ހެއްޔެވެ؟ ސިއްރުން އުފާ ނުހޯދަނީ ކާކު ހެއްޔެވެ؟ އަބަދަކު އެއްވެސް ކަމެއް ސިއްރެއް ނުވާނެ ބުނެއެވެ. އެ އުސޫލުން އަހަރެންވެސް ގޮތެއް ނިންމައިފީމެވެ. ގޮތް ހުސްވެގެންނޫނެވެ. އެހެން މީހުންގެ ފަރާތުން އަހަރެންގެ ކަންތައްތަކެއް ފިރިމީހާ އަށް އެނގި މައްސަލަތަކެއް ޖެހުމަށް ވުރެ، ހައްލެއް ހޯދައިގެން މައްސަލަތަކުން ސަލާމަތްވުކީ އެންމެ ބުއްދިވެރިގޮތެވެ. ރަމީޒަކީ ގޯސް މީހެއްނޫނެވެ. އަނބިންނަށް އަނިޔާކުރާ ފިރިއެއްނޫނެވެ. އަހަރުމެން ދެމީހުން އިންސާފުގެ ދަރުބާރެއްގައި ނަމަ ރަނގަޅު ގިނަ ކަންތައްތަކުގެ ތިލަފަތުގެ ކޮޅު ބަރުވާނީ ރަމީޒުގެ ކޮޅަށެވެ. އަހަރެންގެ އެންމެ ބޮޑު ހިތްދަތި ކަމަކީ އެއީއެވެ. އެމީހެއްދެކެ އަހަރެން އެންމެ ލޯބިވިމިހާއަށް އަހަރެން ފަރާތުން ދެރަގޮތެއް ވެދާނެތީއެވެ. މިހާރުވެސް ލައްކަ ގިނަ ހާދިސާތައް ހިނގައިފިއެވެ.
އެންމެ ފަހުން އަހަރެން ނިންމީ ރަމީޒުގެ ކިބައިން ވަރިވުމަށެވެ. އަބަދުގެ އަބަދަށެވެ. ރަމީޒުއަށް 'ނޭންގި ނަމަވެސް' ކުށްކުރެވުނެވެ. އަހަރެންނަށްވެސް ނޭންގި ކުށް ކުރެވުނެވެ. އަހަރެންނަށް އެކުށްތަކުގެ މަތީގައި ދެމިހުރެވުނެވެ. އެއީ ކައިވެނިން ބޭރުގައި ބޭއްވި ސިއްރުގުޅުންތަކެވެ. އެކަންތައްތަކަކީ މި ކައިވެނި ދެމިއޮތްހާ ހިނދަކު މައާފު ކުރާނޭ ކަންތައްތަކެއްނޫނެވެ. އެއީ މިހާރު ކައިވެނީގެ ގުޅުމުގައި ހެދިފައިއޮތް ބޮޑު ފާރުގަނޑެކެވެ. ޒަހަމެކެވެ. ލޭ ހިލިހިލި ހުރި، ދުވަހަކު ފަސޭހަވުމެއްނެތް ޒަހަމެކެވެ.

0 comments:
Post a Comment
އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ