Wednesday, November 16, 2011

ހަގީގީ ހާދިސާ: ރަހަތަފާތު (5)


 - އަބްދުﷲ ޝަފީގް އަލީ-



އަހަރެން އެންމެ ފަހުން އަޒޫއާ ވާހަކަ ދެއްކީމެވެ. ދެމީހުންގެ ހިތާމަ ހިއްސާ ކުރާކަށްނޫނެވެ. ދިރިއުޅުމުގައި، ފިރިމީހާއަށް މިވަރަށް ޑިޕެންޑުވުމުގެ ބަދަލުގައި ކޮންމެވެސް އެހެން ގޮތެއް ހޯދުމަށެވެ. މުޅި ރޭގަނޑާއި ދުވާލު ފިރިމީހާއަށް ކުރަން ޖެހޭ އިންތިޒާރުތައް ދިގުކަމުންނެވެ. ފޫހިފިލުވާލަން ބޭރަށް ނުނިކުމެވޭއިރު، ގޭގައި ކުރިން ގެންގުޅުނު ޓީވީވެސް ހުރީ ތަޅާލާފައެވެ. އެހެންކަމުން އަހަރުމެން މިނޫން ގޮތެއް ހޯދަން ޖެހެއެވެ. އަހަރެންނާއި އަޒޫއާ ހިލާފަށް ރަމީޒް ކޮއްކޮގެ އަނބިމީހާ އަމާނީ މިއިން އެއްވެސް ކަމަކާ ދެރަވެގެން އުޅޭ ތަނެއް ނުފެނެއެވެ. އޭނަ އަބަދުވެސް ހުންނަނީ ވަރަށް ހަމަޖެހިލާފައެވެ. އަހަރުމެންނަށް ވިސްނުނީ އަމާނީގެ އެ ހިތްހަމަ ޖެހުމުގެ ފަހަތުގައި ހުރީ ކޮންކަމެއްތޯ ބެލުމެވެ.

އަމާނީގެ އެހީއާއި އެކު އަހަރުމެންނަށް މިހާރު ފޫހިވެގެން އުޅޭކަށް ނުޖެހެއެވެ. ބައެއް މީހުންނަށް ދިރިއުޅުމުގައި އެކުގައި އުޅޭނެ ރަހުމަތްތެރިން ނެތުމުން ފޫހިވެއެވެ. އަދާކުރާނެ ވަޒީފާއެއް ކުރާނެ މަސައްކަތެއްނެތުމުން ހަޔާތަށް އެލިބޭ ހުސްކަމަކީ އެފަދަ މުރާލި މީހަކަށް ނޫނީ ނުވިސްނޭނެކަންތައްތަކެވެ. މުނިފޫހިފިލުވުމާއި ހަބަރުބެލުމަށް ނޫސްތަކާއި ޓީވީ ގެ ބޭނުން ކުރަނީ ވަގުތު ތިމާއާއި އެކު ރަނގަޅު ގޮތެއްގައި ހޭދަވެ، މައުލޫމާތުން ތިމާގެ ސިކުނޑި އެހެން ކަމަކާ މުއާމަލާތު ކުރާނެ ވަސީލަތެއްގެ ގޮތުގައެވެ. އަހަރުމެންނަށް ހަޔާތުން އުނިވީ މިފަދަ އެތައް ޒަރޫރީ ބޭނުންތަކެވެ. ނަމަވެސް މިހާރު ވަގުތުހޭދަކުރާނެ، ފޫހިފިލުވާނެ ބައިވެރިއެއް، ވަސީލަތެއް ލިބުނީއެވެ.

މޮބައިލް ފޯނުން ނެޓަށްވަދެ، އެ ބުނާ މިގް33 ގެ ދުނިޔެއަށް ވަދެވުނުއިރު އެއީ އަހަރެން ދުވަހަކުވެސް ދަންނައެއްޗެއްނޫނެވެ. އަހަންނަކީ ފޯނަށާއި ޓެކްނޮލޮޖީއަށް އެހާ ރައްޓެހިމީހެއްވެސް ނޫނެވެ. އަމާނީގެ އެހީތެރިކަމާއެކު މިގް33 ގައި މިހާރު އަހަރެންނަށް ރަހުމަތްތެރިން ލިބިއްޖެއެވެ. ތަފާތު މައުލޫތަކުގެ ތެރެއަށް ވަދެ ގެއްލި ހުސްވާއިރު ވަގުތު ދާ ގޮތެއްވެސް ނޭންގެއެވެ. އެކި ޖިންސުގެ އެކި އުމުރުގެ ރައްޓެހިންނާއެކު ޗެޓްކުރަމުންދިޔައީ އަހަރެން ހަޔާތުގެ މި ހިތާމަ ސިކުނޑިން ފޮހެލައި، އެހެންކަމެއްގައި މަސްޣޫލުވުމުގެ ބޭނުމުގައެވެ. އެކަންތައް ކިތަންމެ ރަނގަޅަކަށްވެސް ކާމިޔާބު ވަމުން ދިޔައެވެ. އަހަރުމެންނަށް ހަމައެކަނި ބޭނުންކުރަން ހުއްދައެއްޗަކީ ފޯނު ކަމަށްވިޔަސް، ޗެޓްކުރަމުން ދިޔައީ ފިރިންނަށް ސިއްރުންނެވެ. މިކަމާ ކޮންމެ ގޮތަކަށް މާނަކުރިޔަސް ފަރުވާލެއްނެތެވެ.

އެކި ނަންނަމުގައި ވަދެ ވާހަކަ ދައްކަމުން ދިޔަ މީހުންގެ ތެރެއިން އަހަރެންގެ ސަމާލުކަން ދަމައިގަތީ 'ލަޔަން ކިންގ' ގެ ނަމުން ވަދެ އުޅޭ ފިރިހެނަކާއެވެ. އޭނަގެ ސިފައެއް ، ހަގީގީ އުމުރެއް ނޭންގުނަސް އޭނަގެ ބަސްތަކުން އަހަރެންގެ ހިއްސުތަކާއި ކުޅެލިއެވެ. އިހުސާސްތަކުގައި ތަފާތު ރާޅު ބާންޏެއް ދުވެލިއެވެ. އެއީ ފިސާރި މީހެކެވެ. ދައްކާނެ ވާހަކައެއް ހުހެއް ނުވެއެވެ. އަހަރެން ހެއްވާލާނެ ގޮތާއި، އަހަރެން ގަޔާނުވިޔަސް ކޮންމެ މައުލޫއަކަށް އަހަރެން ގަންބާލާނެ ގޮތް އޭނާ ވަރަށް މޮޅަށް ދަނެއެވެ.

ދެމިޙުންގެ ވާހަކަތަކުން ކައިރިވީ ދެމީހުންގެ ޒާތީ ދިރިއުޅުމެއްނޫނެވެ. ދެމީހުންގެ ހިއްސުތަކާއި އިހުސާސްތައްވެސް ޖެހިލުމެއްނެތި ފާޅުކުރަމުން ދިޔައީމެވެ. ލަޔަންކިންގ އެދެމުން ދިޔައީ ވީހާވެސް އަވަހަށް ބައްދަލުވުމަށެވެ. އަހަރެން އުޅެނީ މާލެގައި ނޫންކަން އެނގޭއިރުވެސް ކޮންމެ ދުވަހަކުވެސް ވާހަކަ ފަށަނީވެސް ނިންމާލަނީވެސް ބައްދަލުކުރަން ވަރަށް ބޭނުންވާ ވާހަކަ ބުނަމުންނެވެ.

އެންމެ ފަހުން ދެމީހުން ބައްދަލުވުމަށް މޮޅު ހިޔާލެއް ދިނެވެ. ހުރިހާ ކަމެއްގައިވެސް ފައްކާ ސިކުނޑިއެއް ހުރި 'ލަޔަންކިންގ' އަހަރެން ގެ ދުނިޔޭގައި ރަސްކަން ކުރަން ފެށިފަހުން އެކަހަލަ ކޮންމެ ހިޔާލަކަށް އަހަރެންގެ ވިސްނުން މަސައްކަތްކުރާލެއްވެސް ނިކަން އަވަހެވެ. ފިރިމީހާގެ  މާބޮޑު ސަމާލުކަމެއް ނުދެވޭތީވެ، ކުރިން ކުރަމުން އަންނަ އިހުތިރާމާއި ބިރުވެރިކަންވެސް ހިތަކު ނުހުރެއެވެ. އޭނަގެ ފަރާތުން ކޮންމެހެން ދައްކަން ބޭނުންވާ ވާހަކަ ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހެން ކަމުން އަހަރެން މާލެ ދާނެ އުޒުރު ބުނަން ނިކަން ފަސޭހަވިއެވެ. އާއިލާގެ ބަޔަކު މާލެއައި ވާހަކައާއި ބައްދަލުކުރަން ބޭނުން ވާ ވާހަކަ ބުނީމެވެ. ހީނުކުރާހާ އަވަހަށް އެ ހުއްދަ ލިބުނެވެ. ޝަރުތެއްގެ މަތިންނެވެ. އެއީ އެދުވަހުގެ ފެރީއިން މާލެ އަންނަ ގޮތަށެވެ.

ފެރީ މާލެއާއި ކައިރިވަމުން އައި ވަރަކަށް އަހަރެންގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ކުރެވެން މިއުޅެނީ ކީއްކަމާއި ކިހާވަރެއްގެ ކަމެއްކަން ސިކުނޑިއަށް ވިސްނުނަސް ހިތާއި ހަށިގަނޑުގެ އިހްސާސްތަކުގެ ކޮންޓްރޯލް އޮތީ ލަޔަން ކިންގު އަތުގައެވެ.

މާލެއަށް ފޭބުމާއެކު އަވަސް އަވަހަށް އޭނައަށް ގުޅީމެވެ. އޭނަ ބޭނުންވީ ބަލާ އައުމަށެވެ. ނަމަވެސް އަހަރެން އެގޮތަށް އެއްބަހެއް ނުވަމެވެ. ފެރީއިން މީހުން ފައިބާ ހުސްވިޔަސް އެ ސަރަހައްދުގައި ފިރިމީހާގެ ރަށު މީހުން އުޅެދާނެކަމުގެ ބިރަށެވެ. އެންމެ ފަހުން ކެފޭއެއްގެ އެޑްރެސް ދިނުމަށްފަހު އެތަނަށް އައުމަށް ދައުވަތު ދިނެވެ.

ޓެކްސީއަށް ލާރި ދެއްކުމަށް ފަހު ކެފޭއަށް މިސްރާބު ޖެހީމެވެ، އެއީ އާދައިގެ ކުޑަކުޑަ ކެފޭއެކެވެ. ސޯސަން މަގުގެ މެދެއްހާ ހިސާބުގައި ހުރި އެ ކެފޭގައި އެވަގުތު ގިނަ ބަޔަކުވެސް ނެތެވެ. ލަފާކުރެވޭގޮތުން ހޮނިހިރެއްގެ ހެނދުނު ގަޑިވީމާ އޮފީސްތަކުގެ ހަލަބޮލިކަން ނެތީއެވެ. ދެ ފަހަރަށް ފޯނު ރިންގކޮށްލުމުންވެސް އޭނަ ފޯނެއް ނުނެގިއެވެ. އާދައިގެ މަތިން އަހަރެން މޫނު ބުރުގާ އަޅާފަ ހުރުމުން މީހުން ބަލާ އުސޫލުން އެވަގުތު އެތާ ތިބި މީހުން ބަލަމުން ދިޔައެވެ. ބީރައްޓެހި ކަމާއެކު އެތަނުގެ ދޮރުމަތީ ދެކޮޅު ބަލާލުމަށް ފަހު ޕޭމަންޓަށް އެޅި ފިޔަވަޅާއެކު އަހަރެންގެ ނަމުން މީހަކު ގޮވާލިއެވެ. އެއީ އޭނައެވެ. ކުރިމައްޗަށް އައިސް މިއީ އަދުރޭ އޭ ބުނެ ސަލާމްކޮށްލަން އަތްދިއްކޮލިއެވެ. އަހަރެން ހިލޭ ފިރިހެނުންނާ ސަލާމް ނުކުރާތީވެ، ސަލާމެއް ނުކުރަމެވެ. އަހަރެންގެ ޗެޓް ދުނިޔޭގެ ލަޔަން ކިންގ، މިހާރު ކުރިމަތީ ހުރި އަދުރޭއަށް ބަލާލީމެވެ. އެއީ މެދު އުމުރުގެ ވަރުގަދަ ހަށިގަނޑެއް ލިބިފަ ހުރި މީހެކެވެ. ކެފޭ ގެ އެއް ފަރާތެއްގައި މަގުމަތީ މިހެން ވާހަކަ ދެއްކުމަކީ އަހަރެން ކުރާހިތްވާ ކަމެއްނޫނެވެ. އަދުރޭވެސް ބޭނުންވީ އެކަނި ބައްދަލުކުރާށެވެ. އެތައް މަހެއްގެ، އެތައް ވާހަކައެއް ދެމީހުން ދައްކާފަ ހުއްޓަސް ސީދާ ދިމާވުމުން އަހަރެން ހުރީ ވަރަށް ލަދުގަންފައެވެ. މޫނުގެ ބުރުގާގެ ހަނި ދޭތެރެއިން އަހަރެންގެ ލަދުގަނެފައިވާ ދެލޯ ފެނުމުން އަދުރޭ ދުރަށް ޖެހިލިއެވެ. އަދި އަތުން އިޝާރާތްކޮށްލިއެވެ. އަދުރޭގެ އިޝާރާތަށް އޭނަގެ ފަހަތުން ހިނގައިގަތީމެވެ. ސޯސަންމަގުން ހަނި ގޯޅިއަކަށް ވަދެ އިމާރާތަކަށް އިޝާރާތްކޮށްލިއެވެ. އެއީ ގެސްޓް ހައުސް އެކެވެ. އަހަރެން ވަރަށް ޖެހިލުންވިއެވެ. ނަމަވެސް އަދުރޭ އެތަނުގެ ދޮރު ހުޅުވާލާފައި ފަރިތަކަމާއެކު ސިޑިން އަރަން ފެށިއެވެ. ދެވަނަ ބުރިއަށް އެރުމަށް ފަހު ކޮޓަރިއަކަށް ތަޅުދަނޑި ޖަހާ ހުޅުވާލިއެވެ. އަހަރެން ހުރީ ބިރުންނާއި، އެހެންވެސް ގޮތްގޮތުން ހާސްވެ، ކަރުހިތްކައިގަނެފައެވެ. ކުރިން މިކަމާ ވާހަކަދެކެވިފައި ނުވާނަމަ އަހަރެން މިހިސާބަށް ނުވެސް އަންނާނެއެވެ.

އަދުރޭ ހުޅުވި ދޮރުން އެތެރެއަށް ވަނީމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ހިލޭ ފިރިހެނަކާ އެކު އޮޅި ހުރަސްކުރި ފުރަތަމަ ފަހަރެވެ. ކޮޓަރިއަށް ނަޒަރު ހިންގާލުމުން ކޮންމެވެސް ވަރަކަށް ނުތަނަސްކަން ފިލިއެވެ. ވަރަށް ފުރިހަމަ ރީތި ކޮޓަރިއެކެވެ. ޑަބަލް ބެޑަކާއި އެޓޭޗް ފާހާނާގެ އިތުރުން އެއަރކޯން ކޮށްފައި ހުރި ޒަމާނީ ކޮޓަރިއެކެވެ.
އަހަރެން ކޮޓަރީގަ މަޑުކުރަން ބުނެފަ އަދުރޭ ބޭރަށް ނުކުތެވެ. އެގަޑީގައި ފާހަނާއަށް ވަދެ ކުޑަކޮށް ފްރެޝް ވެލީމެވެ. އިރުކޮޅަކުން ލުއި ބުއިމަކާ ސޭންޑްވިޗެއް ކަހަލަ އެއްޗެއް ހިފައިގެން އަދުރޭ އައެވެ. އަހަރެން ހާސްވެފަ ހުރިވަރުން ހަމައެކަނި ބޯލެވުނީ ކޯކު ދަޅުގެ އެއްބައެވެ. އަދުރޭ އެއްވެސް ބީރައްޓެހިކަމެއްނެތި އަނގަފުރެންދެން ކަމުން އަހަރެންނާ ވާހަކަ ދައްކަމުން ދިޔައެވެ. މުޅިންވެސް އަހަރުމެން ޗެޓުން ދައްކާފަ ހުރި ލާނެއް ވާހަކަތަކެވެ. އަދުރޭ އަކީ ސީދާ ބުނާ ކަހަލަ މީހެކެވެ. ޗެޓްކުރާ އިރުވެސް ދުރުދުރުން ވާހަކައެއް ބުނެލުމުގެ ބަދަލުގައި ބުނަން ބޭނުންވާ އެއްޗެއް ސީދަލަށް ބުނާ މީހެކެވެ.

އަހަރެން ލަދުވެސް ގަތެވެ. މޫނު ރަތްވެގެން ދިޔައެވެ. އަދުރޭގެ އެ އެދުމަށް އަހަރެން ފުރަގަސް ދެވޭ ވަރަށް ވުރެ ކައިރިއެވެ. އަހަރެންގެ ޖަޒުބާތުތައް ކެކި ބަންޑުން ވަމުން ދިޔައެވެ. ކޮންމެ ގުނަވަނެއްގައި ވަކިވަކިން ވިންދު ޖަހަމުން ދިޔައެވެ. އަހަރެން އެއްބަސްވީމެވެ.

ދެލޯ މަރާލުމަށް ފަހު މަޑުމަޑުން ބޮޑު ބުރުގާ ބޭލީމެވެ. ބޮލުމެދަށް ޖަހާފަ ހުރި ހުޅި މޮހެލާފައި އިސްތަށިގަނޑު ދޫކޮށްލީމެވެ. ފައިގެ ބޮޑުވާއިނގިއްޔާ ހަމައަށް ނިވާކޮށްފައިވާ ކަޅުކުލައި ގަޔަށްދޫ ހެދުމުގެ ތިރީގައި ހިފާލީމެވެ. ލޯހުޅުވާލާފައި އަދުރޭއަށް ބަލާލީމެވެ. އޭނަ ހީވަނީ ހަޔާތުގައި ދުވަހަކުވެސް ނުފެންނަ އެއްޗަކަށް ބަލަހައްޓައިގެން އިންނަހެންނެވެ. ހުއްޓުން އަރާފަ ހުރި ހަށިގަނޑުން ހަމައެކަނި ހަރަކާތް ކުރަނީ އޭނަގެ ދެ ލޮލެވެ. އަހަރެންގެ ކޮންމެ ހަރަކާތަކަށް ވަކިވަކިން ބަލަމުން ދިޔައެވެ. ހެދުމުގެ ތިރީގައި ހިފާ މަޑުމަޑުން މައްޗަށް ހިއްލާލީމެވެ. މިއޮތް ހުރިހާ ދުވަހު މީހުންގެ ލޯތަކަށް ފޮރުވައިގެން އިތްފަތްތެރިކަމާއެކު ގެންގުޅުނު އަހަރެންގެ ދޮން ހަށިގަނޑާއި އައުރަ މަޑުމަޑުން ކަޝްފުވަމުން ދިޔައެވެ. ފިލްމަކުން ފެންނަ ކަހަލަ ރޯލުލަސް ހަރަކާތެއްހެން މަޑުމަޑުން އަހަރެން ހަރަކާތް ކުރަމުންދާ ކަހަލައެވެ. އަޑިން ލައިގެން އުޅޭ ހުރިހާއެއްޗެއް ދޫކޮށްލުމުން ހަށިގަނޑަށް އައި ލޮޅުމުން އަދުރޭ ސިއްސައިގެން ދިޔައެވެ. އެއީ އޭނަގެ މޫނުމައްޗަށް ދޫކޮށްލީ ތަފާލެއްނޫނެވެ. އެއީ އަހަރެންގެ ފުރިހަމަ ގުނަވަނުގެ ބަރަށް ސިހުނު ސިހުމެކެވެ.
އުފަލުން ހިނިއައިސް އަނގަ ތަން މިނަށް ހުޅުވައިގެން ހުރި އަދުރޭ، ބަނޑުހައިވެފައި ހުރި މީހަކު ކާއެއްޗަކަށް އަންނަގޮތަށް އަހަރެންގެ މޭމައްޗަށް ކައިރިވެލިއެވެ.

މިވީ ގިނަ ދުވަސްތަކުގައި އަހަރެންނަށް އުނިވަމުންއައި އުފާތައް އެއް ފަހަރާ ލިބުނު ފަދައެވެ. ރޫޖެހި ގައިދަށަށް ބޮނޑިވަމުން ދިޔަ ބެޑްޝީޓާއި އެކީ އަހަރެންވެސް އަދުރޭގެ ގައި ތެރެއަށް ވަދެ ބޮނޑިވަމުން ދިޔައެވެ. އެއީ ހަމަ ސިންގާއެއް ފަދަ ވަރުހުރި، ކަމަށް ފިސާރި މީހެކެވެ. އަހަރެމެން ހޭދަވީ ކިހާއިރެއްކަމެއްވެސް ނޭންގެއެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކާ އެކު މުޅި ހަށިގަނޑު ރޮއްވަމުން ފެން ހުސްވަމުންގޮސް އަހަރެން ވަރުބަލިވެގެން އެންމެ ފަހުން އަދުރޭގެ މޭމައްޗަށް ދެމުނެވެ.

(ނުނިމޭ).

0 comments:

Post a Comment

އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ