-އަބްދުﷲ ޝަފީގް އަލީ-
"އަސްލު ބުނަން...ސަނާ
ކޮންމެހެން ތި ވާހަކަ ކިޔާދޭނެކަމެއްނެތް" އަހަރެން ބަސްހުއްޓިފައި އިނުމުން
ޒާހިދު ބުންޏެވެ.
އަހަރެންނަށް އެނގޭ ތިކަންތައް....ތިކަމާ ބެހޭ ހުރިހާ ހެއްކެއް ހުރީ މިހާރު އަހަރެންގެ އަތުގަ،.. އަހަރެން ކީއްކުރަން ސަނާ އެކަމާ ހިޔާލު ކުރެވުނުގޮތާއި، އެހިސާބަށް ފިކުރު ދިޔަގޮތް އަހަންވީ..." ޒާހިދު ވާހަކަ ކުރިއަށް ގެންދިޔައެވެ.
އަހަރެން ވަރަށް އުފާވިއެވެ. އަހަރެން ކިޔާދޭން ބޭނުންވިޔަސް ޖެހިލުންވާނެކަން ޒާހިދު ވިސްނީއެވެ. އޭނަ އަހަރެން ހީކުރިވަރަށް ވުރެ އޯގާތެރިއެވެ. އަހަރެންގެ އިހުސާސްތަކަށް އިހުތިރާމް ކުރުމުންނެވެ. އަހަރެންނަށް މަޑުމަޑުން ހިނިތުންވެވުނެވެ. ހާސްކަން ކުޑަވެ، ހަމަ ނޭވާ ލެވެން ފެށިއެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ....އަހަރެން ގެ ހާލަތު ވަޒަންކުރެވޭ މީހަކަށް ޒާހިދު ވީމަ" އަހަރެން ޝުކުރުވެރިކަމާއެކު ބުނީމެވެ. އަދި ގޮނޑީގައި ރަނގަޅަށް ހަމަޖެހިލީމެވެ.
"ތި ވާހަކަތައް އަޑު އަހާކަށް މުހިއްމެއްނޫން...އަހަންނަށް އެއަށްވުރެ ސަނާ މުހިއްމު،.....................އަހަންނާ ރައްޓެހިވާންވީނު".

ޒާހިދު ބުނެލީ ހަމައެކަނި
ޖުމްލައެއްވެސްނޫނެވެ. އަހަރެން އިށިންދެގެންއިން ފުރޮޅުލީ ގޮނޑި އެނދާ ކައިރިއަށް ދަމާލިއެވެ. ދެކޮނޑުގައި ހިފާ މަޑުމަޑުން ޒާހިދުގެ ގަޔާކައިރިކޮށްލިއެވެ.
ޒާހިދުގެ އެ ބުނި ކަންތަކާއި ކުއްލި އެ ހަރަކާތުން މީގެ އިރުކޮޅެއްކުރިން
އަހަރެންނަށް ލިބުނު ކުޑަކުޑަ އުފާވެރިކަން ގެއްލުނެވެ.
"ނޫނެކޭ ނުބުނާތި....އަހަރެން ބުނާ އެއްވެސް ކަމަކަށް ނޫނެކޭ ނުބުނާތި....އޭރުން އެނގޭދޯ ފަހުން ވާނެގޮތް" ޒާހިދު ގެ މޫނުން މިފަހަރު ހަމަ ހަގީގަތުގައިވެސް އިންސާނެއްގެ ސިފަ ގެއްލުނެވެ. ބަނޑުހައިވެފައިވާ ޖަނަވާރެއް އޭގެ ކާނާއަށް ބަލާފަދައިން އަހަރެންގެ މޫނާ މޫނު ކައިރިކޮށްލިއެވެ.
މަޑުމަޑުން ދެލޯ މަރާލިޔަސް، ފުރަތަމަ ފަހަރަށް އަހަރެންގެ ދިރިއުޅުން، އަހަރެންގެ ކޮންޓްރޯލް ގެއްލުނުކަމުގެ އިހްސާސްވިއެވެ.
އެ ލޯ ދެން ނުހުޅުވޭނެ ނަމައޭ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އަހަރެންގެ ހިތާދެކޮޅަށް ހަށިގަނޑުގެ އެހެން ގުނަވަންތައް ހަރަކާތްކުރަމުން ދިޔަ މަޖުބޫރީ ހާލަތު ބަލަން ކުޅަދާނައެއްނޫނެވެ. ހިލޭ ފިރިހެނެއްގެ ކުރިމަތީގައި އަހަރެންގެ އައުރަ ކަސްފުވަމުން ދިޔައީ އޯގާތެރިކަމެއްނެތް އަތަކުންނެވެ.
ޒާހިދަށް ލިބުނީ ހަމައެކަނި އަހަރެންގެ ބިކުރުވެރި އިއްފަތްތެރި ދިރިއުޅުމުގެ އުފަލެއްނޫނެވެ. އަހަރެންގެ ހަޔާތުގެ ރިމޯޓްކޮންޓްރޯލްވެސް ޒާހިދަށް ލިބުނެވެ. ކޮންމެ ފިތަކަށް ފިތާލިޔަސް އަހަރެން އެކަމަކަށް ކިޔަމަންވާން ޖެހޭ ވަރަށެވެ.
އެދުވަހު ގެއަށް އައިސް ވަރަށް ގިނައިން ރޮވުނެވެ. އަހަރެންގެ ހަޔާތުގައިވެސް އެންމެ ގިނައިން ރޮވުނު ދުވަހަކީ އެދުވަހެވެ. އެހެން އޮވެ ނިދުނުއިރުވެސް ގިސްލެވެއެވެ.

ޖެހިގެން އައި ދުވަހު އޮފީހަކަށް ނުދަމެވެ. އަހަރެންގެ ދަށް ބަނޑުގައި ރިއްސާތީވެ، ތެދުވެ އުޅެންވެސް އުނދަގޫވިއެވެ. އެ ވޭން ހިތަށް އަރާ ކޮންމެ ފަހަރަކު ޒާހިދަށް ނަފްރަތު ކުރެވުނެވެ. އަހަރެންގެ މަޖުބޫރު ދިރިއުޅުމުން ފައިދާތަކެއް ހޯދިޔަސް އެކަމުގަވެސް އުސޫލެއް އޮންނަންޖެހޭނެއެވެ. އަހަރެން އަޑުއަހާގޮތުގައި ޖިންސީގުޅުމަކީ އެއަށްވުރެ ބޮޑު އުފަލަކާއި އަރާމެއް، އަދި ލައްޒަތެއް އެކުލެވޭ ކަމެކެވެ. އަހަރެންނަކީވެސް ފުރިހަމަ އަންހެނެކެވެ. ބަރާބަރަށް ހުރިހާ 'އިހްސާސެއް' ވެއެވެ. ޒާހިދަކީ ކެތްތެރިކަންނެތް، އަނެކާގެ އިހުސާސް ނުދަންނަ، އެކަމުގައިވެސް އަނިޔާވެރި ގަދަބަދަވި އުސޫލު ދަންނަމީހެކެވެ. ހަރުދަނޑިކަމެއް ނުރުހުމެއްނެރި ހިތަކަށް، އަހަރެންގެ ހަށިގަނޑު ލިބުމުންވެސް އޭނަގެ ކިބައިން ފެނުނީ ވަލުޖަނަވާރުގެ އުސޫލެވެ. އެހެންކަމުން ހަށިގަނޑުގެ އެކި ގުނަވަންތަކާއި ނާޒުކު ވަނާތަކުގައިވެސް ދިލަހޫނެއްފަދަ ގޮތަކަށް ވޭން އަޅަމުންދިޔައެވެ.
އަހަރެންގެ ދިރިއުޅުމުން ޒާހިދު ފައިދާ ނަގަންފެށީ ހީނުކުރާހާވެސް އަވަހަށެވެ. އަހަރެން ހީކުރީ ޒާހިދު ބޭނުންވީ ހަމައެކަނި ޖިންސީގުޅުމުން އަލާފިލުވުމަށެވެ. އެކަމުންވެސް އޭނަ ހިތެއް ނުފުރުނެވެ. އަހަރެންގެ ކިބައިން ފައިސާއަށްވެސް އެދެން ފެށިއެވެ. ސަތޭކަރުފިޔާއަށް އެދެންފެށިގޮތަށް ހާހަކާ ހަމައަށްވެސް އޭނައަށް އޮންނަނީ ނުވެފައެވެ.
އެންމެފަހުން އަހަރެން ނިންމީ ޒާހިދުއާއި ރައްޓެހިވުމަށެވެ. 10 އަހަރަށްވުރެ އުމުރުގެ ފަރަގެއްހުއްޓަސް އަހަރެންގެ ބައިވެރިއަކަށް ވުމުން، ލޯތްބަށް ކުރާ ގަދަރާއި އިހުތިރާމުން އެކަންތައް ހަމައަކަށް އެޅޭނެކަމަށެވެ.
އަހަރުމެންގެ ލޯބީގެ ހަޔާތްފެށީ ދެމީހުން ދެ މިސްރާބުގަ ތިބެގެންނެވެ. ދެ މަގްސަދުގަ ތިބެގެންނެވެ. ލޯބި ނުލިބުނަސް ހަށިގަނޑަށް ލިބޭވޭނަށް ކުޑަނަމަވެސް ޝިފާއެއް ލިބޭތޯއެވެ.
އަހަރުމެންގެ ލޯބީގެ ހަޔާތްފެށީ ދެމީހުން ދެ މިސްރާބުގަ ތިބެގެންނެވެ. ދެ މަގްސަދުގަ ތިބެގެންނެވެ. ލޯބި ނުލިބުނަސް ހަށިގަނޑަށް ލިބޭވޭނަށް ކުޑަނަމަވެސް ޝިފާއެއް ލިބޭތޯއެވެ.
ލޯބީގެ ފުރަތަމަ ހަފްތާ ވަރަށް އަމާނެވެ. އޭނަގެ ހަރުބަސްތަކާއި، ކަންކަމުގައި ކުރާ މަޖުބޫރުކުރުންތައް މައިތިރިވިއެވެ. އޭރު އޭނަ ކިޔަވަން ފުރަން ޖެހޭ ދުވަސްވެސް އައީ ގާތްވަމުންނެވެ. ކޮންމެ ރެއަކު ދެމީހުން ސައިކަލް ދުއްވާލަންދަމެވެ. ފޯނުން ވާހަކަދައްކަމެވެ. އޭނަ ކޮންމެ ތާކު އުޅެފަ އަޔަސް އަހަރެން ހުންނަނީ އިންތިޒާރުގައެވެ. ދުވަހަކުވެސް ޝަކުވާއެއް ނުކުރަމެވެ. ފިރިހެނަކަށް ލިބޭނެ އެންމެ 'ބޮލަށް ފަސޭހަ' އަންހެނަކަށް އަހަރެން ހަމަގައިމުވެސް ވާނެއެވެ.
ޒާހިދުގެ އާއިލާއަށް އަހަރެން ތައާރަފްކޮށްދިނެވެ. އެ އާއިލާގެ ހަމަނުޖެހުންތަކާއި ބަސްމަގު އަހަރެންގެ ބޮލަކަށް އުނދަގުލެއްނުވެއެވެ. އެއަށްވުރެ ޒާހިދު މައިތިރިވެފަ ހުންނަން އަހަރެން ބޭނުންވިއެވެ. ހަމަ އެގޮތަށް އަހަރެންގެ އާއިލާއަށްވެސް ޒާހިދު ތައާރަފްކޮށްދިނީމެވެ. ކުއްޖަކާ ރައްޓެހިނުވެ މުޅި އުމުރުގެއްލުވާލަނީހޭ ބުނެ ކުރާ ޝަކުވާތަކަށް ނިމުމެއް ގެނައުމުގެ ގޮތުންނެވެ.
ޒާހިދު ފުރައިގެން ދިޔައެވެ. އޭނަ ފުރުވަން އެއަރޕޯޓަށް ނުގެންދިޔަޔަސް އަހަރެންނަށް މައްސަލައެއްނެތެވެ. އަހަރެންގެ ބޮލަށް ލުއިވިއެވެ. އޭނަ ބުނިގޮތުން އޭނަގެ 'ގޭންގް' އެކީ އެއަރޕޯޓަށްދާތީ އެމީހުންނާ އަހަރެން މަސްހުނިކުރަން ބޭނުން ނުވީއެވެ. އެމީހުން ވަރަށް ރަނގަޅަށް އަހަރެން އުޅޭނޫޅޭގޮތް
ބަލާނެކަމަށްވެސް ބުންޏެވެ.
އަހަރެންގެ އެކަނިވެރި ދިރިއުޅުމަށް އެނބުރިދިޔަސް ކުރިން އުޅުނުހެން ހިތްހަމަޖައްސާލައިގެން އުޅެވޭގޮތެއްނުވިއެވެ. ހިތުގައި އަބަދުވެސް ބިރުވެރިކަން ހަރުލާފައި ހުރެއެވެ. ޒާހިދު ފުރިފަހުން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އަހަރުމެން ޗެޓްކުރަމެވެ. އެއީ އޮފީސް ގަޑީގައެވެ. ނަސީބަކުން ގޭގަ ނެޓް ނުލިބޭތީވެ، ޒާހިދުގެ ހިތްހަމަޖައްސައިދޭން މުޅި ރޭ ހޭދަކުރާކަށް ނުޖެހުނެވެ.
ޒާހިދު ފުރައިގެން މަހަކަށްވުރެވެސް ގިނަދުވަސްވީ ފަހުން އޭނަގެ ކުރީގެ ގޮތަށް އިންޒާރުދޭ، ހަރުކަށިކަމަށް ބަދަލުވިއެވެ. އަހަންނަށް އިންޒާރުދޭންވެސް ފެށިއެވެ. އެހެން ދިމާވީ އަހަރެން އޭނަ ބުނިކަމަކަށް އެއްބަސްނުވީމައެވެ. އެއީ އަހަރެންނަށް އެކަން އެވަގުތު ވާން ނެތީއެވެ. ޒާހިދު އެދުނީ ދިހަހާސް ރުފިޔާ ދިނުމަށެވެ. އަހަރެންގެ މުސާރައިން އެވަރު އެއްކުރެވިދާނެއެވެ. އެކަމަކު މައްސަލައަކީ އެ ފައިސާ ޒާހިދުއަށް ދިނުމެވެ. އިތުރަށް އަހަރެންގެ ބޭނުންތަކަށް ހަރަދުކުރާނެ ފައިސާއެއް ނުހުންނާނެތީއެވެ. ޒާހިދު އިންޒާރު ދެމުން ދިޔައީ އެއް ހަފްތާ ތެރޭގައި ފޮނުވުމަށެވެ. އެއީ އޭނަގެ ކޯހުގެ އެ ސެމިސްޓަރއަށްވާ ފައިސާއެވެ. އަހަރެން ފައިސާ ނުފޮނުވާނެކަން އެނގުމުން ޒާހިދު ހަތިޔާރު ނެގިއެވެ. އެންމެ ފަހުން އަހަންނަށް ޖެހުނީ އަމާންދޭށެވެ. މަހެއްގެ މެދުތެރޭގެ ދުވަސްތަކެއްކަމަށް ވިޔަސް އަހަރެންގެ އެކައުންޓުން އެ ވަރަށް ފައިސާނެގުމަށް ފަހު ގުޅީމެވެ.
އޭގެ ފަހުން ކޮންމެ ކަމަކަށް ކުރަނީ އިންޒާރެވެ. ރޭގަނޑު އެތައް ދަމެއް ވަންދެއް ފޯނުކޮށްގެންވެސް އޮންނަން ޖެހެއެވެ. އަހަރެން ގެންގުޅެނީ ލައިނެއްކަން އެނގޭތީވެ، ބިލަށް އަރާނެވަރު އޮތީ ހީކޮށްލުމެވެ. ވަކި ހާއްސަ ރޭރޭ ތަކުގައި ވާހަކަދައްކަންވެސް ޖެހެނީ ޒާހިދު ބުނާ ގޮތަށެވެ. ފޯނުގަ އޮވެގެން އޭނަ ބުނާކަންތައްތައްވެސް ކުރަން ޖެހުނެވެ. އަހަރެން އެކަމަށް އެއްވެސް އިހުސާސެއްނެތި ހަމައެކަނި ކުރަނީ އެކްޓެކެވެ. އެކަހަލަ ރޭތަކުގައި ވަރަށް ލޯބިން ވާހަކަދައްކާނެއެވެ. ވާހަކަތަކުގެ އެންމެ އުސްކުންނު ގައި އުޅޭއިރުއެވެ. އަހަރެން ގެ އެކްޓުން އޭނަ ތެމި ފޯވަންދެނެވެ. އޭނަ ހަމަ ބުއްދިއަށް އެނބުރިއަންނަންދެނެވެ. އޭނަގެ އަލާ ފިލުމުން ވަގުތުން ފޯނު ކަނޑާލައެވެ. ނުވަތަ މާދަން ދިމާވާނެދޯއޭ ބުނެ ބާއްވަނީއެވެ. މިކަމުން އަހަންނަށް ޖިސްމާނީ ގޮތުންވެސް، ނަފްސާނީގޮތުންވެސް އަސަރުކުރަމުން ދިޔައެވެ. އަހަރެންގެ އެތެރެހަށީގެ އިހްސާސްތަކާއި، ލޯތްބާއި ޖިންސީ އެދުންވެރިކަމާއި މިފަދަ ހުރިހާ ކަމެއް އޮޅުންބޮޅުންވިއެވެ.
އަހަރެން ހިތްވަރުގަދަ ކުރަން ނިންމީމެވެ. ހިތަށް އެރިއެވެ. ވާނެގޮތެއް ވެދާނެއެވެ. ޒާހިދު އެހެރީ މާ ދުރުގައެވެ. ކުރެވޭނެ މާ ބޮޑުކަމެއްނެތެވެ. އޭނަ ބުނިގޮތުންވިއްޔާ ޗުއްޓީއެއް ލިބޭނީ 3 މަސް ފަހުންނެވެ. އަހަރެން އެކަނިމާއެކަނި އެ ހިތްވަރު ނެރެވޭނެހެއްޔެވެ. ނޫނެކެވެ. ކޮންމެވެސް ބައިވެރިއެއް ހޯދާނީއެވެ. އަހަރެންގެ ހުރިހާވެސް ހައްލެއް ހޯދަނީ އިންޓަނެޓުންކަމަށްވާތީ މި ފަހަރުވެސް އެހީތެރިއެއް ލިބުނީ އިންޓަނެޓްގެ ޗެޓްރޫމަކުންނެވެ.
ފައިސަލް އާއި ޗެޓުން ދިމާވެ، ތިން ދުވަސް ތެރޭގައި އަހަރެން ބައްދަލުކުރީމެވެ. ފައިސަލް އަކީ އަހަރެން ހީކުރި ވަރަށްވުރެ ބަސްމަދު މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. އަހަރެންނާ ދާދި އެއް އުމުރެއްގެ ފައިސަލް ގެ ލާނެއްކަން ފެންނަނީ ހަމައެކަނި ޗެޓްކުރާއިރުއެވެ. ކުރިމަތީ ހުންނައިރު އޭނަ ހުންނަނީ ލަދުން ހަލާކުވާވަރުވެފައެވެ. އަހަރެން ހިތަށް އެރިއެވެ. ފައިސަލްއަށް އަހަންނަށް އެހީތެރިވެދެވޭނެބާވައެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް އަހަރެން ފައިސަލްއާއި ރައްޓެހިވީމެވެ. އަދި އޭނައަށް ފުރިހަމަ ލޯބިދޭންފެށީމެވެ.
މަޑުމަޑުން ޒާހިދުގެ ހިޔާލުތަކުން ދުރަށް ދިޔައެވެ. އޭނަ ފޯނުކުރިޔަސް ޖަވާބެއް ނުދެމެވެ. އޮންލައިނުން ދިމާވެގެންވެސް އަހަރެން ބުނަނީ އޮފީހުގަ މަސައްކަތެއްކުރާތީ ފަހުން ވާހަކަ ދައްކާނެ ކަމަށެވެ.
ހަޔާތުގެ އެންމެ އުފަވެރި ދުވަސްތައް ލިބުނު ކަހަލައެވެ. ފައިސަލް އަކީ ލޯބިދެވޭ ލޯބިވެރިއެކެވެ. ވަކި މަގުސަދެއްނެތި އަހަރެންނަށް ވިސްނާ އަހަރެންގެ ބައިވެރިޔާއެވެ. ނަމަވެސް އަހަރެންގެ މަޖުބޫރީ ދިރިއުޅުމުގެ ވާހަކައެއް ނުދައްކަމެވެ. އެއީ މާޒީއެވެ. ޒާހިދުގެ އުނދަގުލުން ސަލާމަތްވެ އާހަޔާތެއް ފެށުމުން ދެން އެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ.
(ނުނިމޭ).