-އަބްދުﷲ ޝަފީގް އަލީ-
"................އަހަރެންގެ މި
ވާހަކަ އަޑު އަހާފައި ފައިސަލް ގޮތެއް
ނިންމާށެވެ. ފަހަރެއްގައި ހިތްހަމަ ނުޖެހިވެސްދާނެއެވެ. އަހަރެން ބޭނުމީ
މި ވާހަކަތައް ނިމުމުން ފައިސަލް ގޮތެއް ނިންމުމެވެ. ހިޔާލެއް
ދިނުމެވެ. އަހަރެން މިހިރީ ކޮންމެ ގޮތެއްވިޔަސް މީހެއްގެ ހިޔާލެއް ބޭނުން ވެފައެވެ. ވަރަށް އަންޑަސްޓޭންޑިންވާ މީހެކެވެ. ދުނިޔޭގަ އުޅޭ ތަފާތު އިންސާނުންގެ މިޒާޖާއި ވިސްނުން ތަސައްވަރު ކުރެވޭ ކަހަލަ މީހެކެވެ. ފައިސަލް ތިއީ ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކޮށްފައިވާ
ޒުވާނެކެވެ. ތަފާތު މީހުން ފެނި، ސިކުނޑި ހުޅުވިފައި ހުންނާނެކަމަށް އަހަރެން ހީކުރަމެވެ. އަޑު އަހާށެވެ. މީ އަހަރެންގެ 'ސިއްރު' ހަޔާތެވެ. .......................
.............އަހަރެން އުޅެބޮޑުވީ ވަރަށް 'ބަންދު' މާހައުލެއްގައެވެ. އެހެންކަމުން ހިޔާލާ ވިސްނުމާއި ފިކުރުވެސް ހިންގެނީ ހިތަށް އަރާ އެކި ކަންތައްތަކަށެވެ. އެކަހަލަ އެއްވެސް ކަމެއް އެހެން މީހަކަށް ކިޔާނުދެމެވެ. ވާނެ ގޮތެއްވެސް ނާހަމެވެ. އަހަރެންމީ ކޮންކަހަލަ އަންހެނެއްކަމެއް ނޭންގެއެވެ. އަހަރެން ސްކޫލްގަ އުޅުނު އިރުވެސް އެއްވެސް ފިރިހެންކުއްޖަކާ ގުޅުމެއް ނުބާއްވަމެވެ. އަހަރެން ބުނަން މިއުޅެނީ އަހަރެން ގަޔާ ވަނީ އަންހެންކުދިންނާއެވެ. އެހެން ހިތަށް އެރީ އެންމެ ފަހަރަކުއެވެ. އޭގެ ފަހުން އެކަމަށް ހަމަ ހިޔާލު ކުރެވެން ފެށިއެވެ. އެ ހިޔާލާ އެއްކޮޅަށް ސިކުނޑި ދޫކޮށްލީމެވެ. އަހަރެން ހީކުރި ވަރަށްވުރެ ސިކުނޑީގެ ތެރެއަށް އެ ހިޔާލުތައް އެކި ގޮތްގޮތަށް ވަދެ އަހަރެންގެ ބޮލަށް ސަވާރުވިއެވެ.
އެހިޔާލުތައް ތަރައްގީވީ އޮފީހަށް ވަދެ އިންޓަނެޓްގައި އުދުހުނު އިރުއެވެ. އަންހެންކުދިންގެ ބަރަހަނާ ފޮޓޯތައް ވަކި ހާޑަކަށް އަޅައިގެން ގެންގުޅެން ފެށުނެވެ. ޗެޓް ރޫމްތަކުން އެކަހަލަ ކުދިންނާ ދިމާވެސް ވިއެވެ. މުޅިންވެސް ރާއްޖެއިން ބޭރު ކުދިންނެވެ. އެކުދިންނާ ބަރާބަރަށް ވާހަކަދައްކަމެވެ. މިއީ ލޯބިކަމެއް ނުވަތަ އަލާފިލުވުމުގެ އިހުސާސެއްކަމެއް ނޭންގެއެވެ. އަބަދުވެސް އަހަރެންގެ ޗެޓްލޮގްތައް ފަހަށް ރައްކާކުރަން ގެންގުޅެނީ އަހަރެންގެ ހާޑް ޑްރައިވްއެވެ. އެއީ ފޫހިވާ ދުވަސް ދުވަހު އެކަނި އިނދެ ބަލާލުމާއި އެކަންތައްތައް ކިޔާލުމަށެވެ.
އަހަރެން ޒާހިދުގެ އަތްދަށަށް ދިއުމަށް މެދުވެރިވީ އެ ހާޑެވެ. އޮފީހުގެ ކުއްޖަކު ޒާހިދު އަތަށް ދީގެން އެ މީހުންވަނީ އޭގެ ހުރިހާ އެއްޗެއްގެ ކޮޕީއެއް ހަދާފައެވެ. ކޮންފަދަ ބިރުވެރިކަމެއް ހެއްޔެވެ. ޒާހިދު އެބުނަނީ ތެދެކެވެ. އަހަރެން މީ ކޮންކަހަލަ އަންހެނެއްކަން މުޅި މާލެއަށް ފަޅާ އަރުވާލާ ދުވަހަކީ އަހަރެން ލަދުން މަރުވާނެ ދުވަހެކެވެ. އަހަރެންގެ އާއިލާއާ ގުޅުން ކެނޑޭނެ ދުވަހެކެވެ. މަންމަގެ ހިތަށް ކުރާނެ އަސަރަކީ ހިޔާލުކޮށްލިޔަސް ވަޒަން ކުރެވޭނެ ކަމެއްނޫނެވެ. ކޮންފަދަ ފާފައެއް ކަމާއި އަދި މީހުން އޭރުން އަހަންނަށް ވަނަމެއްގެ ގޮތުގައި ގޮވާނެ ނަންވެސް އިނގެއެވެ. އަހަރެން ނަމުގެ ކުރިއަށާއި ފަހަތަށް 'ތަގަރި' (ލެސްބިއަން) އިތުރު ވާނެކަމަކީ ދުވާލުގެ މި އިރު ފަދައިން މުޖައްރިބު ކަމެކެވެ..
ނަމަވެސް އަހަރެން ހުވާކޮށްފައި ބުނަމެވެ. އެއީ ހަމައެކަނި ކުރި ހިޔާލެކެވެ.

އަހަރެންގެ ވާހަކަ ނިމުމުން ފައިސަލް އަށް ބަލާލީމެވެ. އޭނަ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރުމަށް ފަހު ދުރު ބަލާލީއެވެ. ފައިސަލް ހިތްހަމަ ނުޖެހުނީއެވެ. ހަޔާތުގެ ވާހަކަތައް ކިޔާދޭން ޖެހިލުންވަނީވެސް މިހެންވެގެންނެވެ.
"ކޮންކަމަކާ ތި ވިސްނަނީ....އެނގޭ ފައިސަލް ހިތްހަމަ ނުޖެހޭނެކަން.." ފައިސަލްއަށް ބުނީމެވެ.
"ނޫން...ހިތް ހަމަ ނުޖެހެނީއެއްނޫން..އަހަރެން މި ވިސްނަނީ އަހަރެން ބުނާގޮތެއް ހަދަން ކެރޭނެހޭ....؟ ، އަހަރެން ބުނާ ގޮތެއް ހަދައިފިނަމަ ، އެ ހިތްވަރު ހުރި ނަމަ ޒާހިދު ގެ ކިބައިން ސަލާމަތް ވެވިދާނެ"
ފައިސަލް ގޮނޑީގައި ހަމަ
ޖެހިލަމުން ވާހަކަދައްކަން ފެށިއެވެ.
"................................ތީ އެހާ ބޮޑު މައްސަލައެއް ނޫނެވެ. ދުނިޔޭގައި އުޅޭ ކޮންމެ އިންސާނެއްގެ ބަލިފައެއްވެއެވެ. އެ ބަލި ފަޔަކީ ތިމާ އެކަމަކަށް ހިތް ކިޔަމުންދާ ކޮންމެވެސް އަމަލެކެވެ. އެކި މީހުން އެކި ކަންތަކެވެ. ގޯސްކަންތައްތައް ކަމަށް ބަލާ ކޮންމެ ކަމެއް ކޮންމެ އިންސާނެއްގެ ސިކުނޑީގައި ވެއެވެ. މަސްތުވުމާއި ރާބޯ ހިތްވާ މީހުންނެވެ. ޖިންސީ ގުޅުން ހިންގާހިތުން ނިދިނައިސްގެން އުޅޭ މީހުންނެވެ. އެއް ޖިންސުން ގުޅުން ހިންގާހިތްވާ އެ ހޯމޯނުގެ އަހުލުވެރިންނެވެ. ވައްކަން ކުރާ މީހުންނެވެ. ދޮގުހެދުމާއި، ގީބަ ބުނުމާއި މީހުންގެ ނެތި ނުބައި ވާހަކަ ދައްކަމުން ހިނގާ މީހުންނެވެ. ބައެއް މީހުންނަކީ ޖެހިލުންވުމެއްނެތި ކުރާ މީހުންނެވެ. އަނެއްބައި މީހުންނަކީ އެކަމަކަށް ހިތްކިޔަމުން ފަރިކުރަމުންގޮސް ރަނގަޅު ދަނޑިވަޅެއްގައި ކުރުމަށް މަޑުކޮށްގެން ތިބޭ މީހުންނެވެ. ތިމާގެ ހަށިގަނޑުގައި އެއްވެސް ގޯސް އަމަލެއްގެ ސިފައެއް، ހިޔާލެއް ނުވެއޭ ބުނާ ކޮންމެ އިންސާނަކީ އިންސާނެއްނޫނެވެ. އަދި އެއީ އިހުސާސެއްނެތް ފުޅަ މަސްގަނޑެކެވެ.

ރަނގަޅު ކަންތައްތަކުގެ
ދާއިރާވެސް ހަމަ މިފަދައެވެ. ރަނގަޅުކަމެއް ކުރުމަށް އެކި މީހުން ހިޔާރު ކުރަނީ އެކި މަގެވެ. ސަދަގާތް ކުރާ މީހުންނާ އަޅުވެރިންނެވެ. މީހުންނަށް ހެޔޮފޯރުވާ މީހުންނެވެ. ރަނގަޅު ނަސޭހަތްދޭ،
މީހުންނަށް އެހީތެރިވެ،
އަނެކުންގެ އިހްސާސްތައް ދަންނަ މީހުންނެވެ. މައިން ބަފައިންނާ އެކުވެރިންނަށް އަޅާލާ އޯގާތެރިވާ މީހުންނެވެ. އޭގެ މާނައަކީ ކޮންމެ އިންސާނަކީ ރަނގަޅު
ސިފަތަކުގެ ތެރެއިން ހުރިހާ ކަމެއް ފުރިހަމަ މީހެއްނޫނެވެ. އަހަރުމެން ނަކީ އިންސާނުންނަށް ވީތީއެވެ.
ކުށެއް ކުރުމަށް ހިޔާލު ކުރުމަކީ ކުށެއް ނޫނެވެ. އަދި އެކަމަށް މަގުފަހިވާ ސާމާނު އަތުލަފިކޮށްގެން ތައްޔާރަށް ހުރުމަކީވެސް ކުށެއްނޫނެވެ. ކުށަކަށްވަނީ އެކަމެއް ކުރުމުންނެވެ. އިންސާނާ އެމީހާ އުފެދިފައިވާ ގޮތަށް އުޅޭށޭ، އެމީހާގެ 'ނޭޗާރ' އާއި އެއްގޮތަށް ދީލާލާށޭ އަހަރެން ނުބުނާނަމެވެ. އެއީ ޔޫރަޕް ގެ އެތިއަސްޓުންގެ މޮޓޯއެވެ. އަހަރުމެންނަކީ އިސްލާމުންނަށްވިތީ، އަހަރުމެން ދަސްކުރަން ޖެހޭނީ ތިމާގެ ބޮލަށް ސަވާރުވާ ނުބައިކަންތަކާ ހަނގުރާމަ ކުރުމަށެވެ. ދީނީ އިލްމުވެރިންވެސް ބުނެނުދީ ހުންނަނީ މިވާހަކައެވެ. ކޮންމެ މީހަކުވެސް އެމީހާގެ ބަލިފައިގައި އަސާ ވިއްދާށެވެ. އޭރުން ތިމާއަށް ސީދާ ތެދަށް ހުރެވޭނެއެވެ. ސީދާ މަގުގައި ހިނގޭނެއެވެ.
...................ސަނާގެ ހިޔާލުގައި ތީ، ތި ހީކުރާ ކަހަލަ އަންހެއްކުއްޖެއްނޫނެވެ،. 'ބައި، / ލެސްބިއަން' ހިޔާލުން ދުރުވެވިދާނެއެވެ. ގެރި އަބަދުވެސް ވާނީ ގެރިއަށޭ ނުބުނާށެވެ. ކުޑަކުޑަ ކެޓަޕިލާ އަބަދު އެގޮތުގައި ނޯވެއެވެ. ކިހާ ރީތި ކޮކާލަކަށް ބަދަލުވާތަން ނުދެކެން ހެއްޔެވެ. ތީ ކެޓަޕިލާއެއް ކަމަށް ބަލާށެވެ. މާދަމާ ލޯބިލޯބި ރަތް ކޮކާލެއްހެން މިނިވަންކަމާ އެކީ އުދުހިލާށެވެ..................."

ފައިސަލްގެ ވާހަކަތަކުން އަހަރެންނަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ކުރިން އަޑު އިވިފައިނުވާ އެތައް އިންސާނީ ދިރިއުޅުމުގެ ހަގީގަތްތަކެއް ކިޔާދީފިއެވެ. ކޯތާފަތްމަތިން ފައިބަމުންދާ ކަރުނަތައް އަހަރެން ފޮހެލީމެވެ. އޮއްސެމުންދާ އިރުގެ ރަތް ދޯދިތަކަށް ބަލަހައްޓައިގެން ހުރެ ހީލީމެވެ. ޒާހިދު އާއި ކުރިމަތީ ލާނެގޮތާއި އަހަރެން ބުނާނެ ވާހަކަތައްވެސް ފައިސަލް ކިޔާދިނެވެ. އަހަރުމެން ދެމީހުން އަތުގުޅުވާލައިގެން ހިގަމުން ދިޔައީ ފެރީތަކާ ދިމާއަށެވެ. އަހަރެން ހިޔާލުގައި އިނދެ ރާވަމުން ދިޔައީ ޒާހިދުއާ މުގާބަލާ ކުރާނެ ގޮތެވެ.
ދުވަހަކުވެސް ނުވާ ވަރަށް ރީތި ވެލައިގެން އަހަރެން މިސްރާބު ޖެހީ ޒާހިދުގެ ގެއާ ދިމާއަށެވެ. ފޯނުކޮށްފައި އަހަރެން މިރޭ ދާނެ ވާހަކައާއި ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައިވާކަމަށް ބުނީ އެ ގަޑީގައި އޭނަ އެތާ ހުރުމަށެވެ. ފަރިތަކަމާއެކު ސިޑިން އަރައިގެން، އެކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީމެވެ. ދެވަނަ ފަހަރު ޓަކި ޖަހާލުމުގެ ކުރިން ދޮރުހުޅުވިއެވެ. ޒާހިދު ހުރީ ސޯޓުބުރިއެއްލައިގެން ހުސްގަޔާއެވެ. އަހަރެން ފެނުމުން ބޮލުން ފެށިގެން ފަޔާ ހަމައަށް ބަލާލިއެވެ. އަދި އަހަރެންގެ ރީތިކަމަށް ތައުރީފް ކުރިއެވެ. އަހަރެން މިއައި މަގްސަދާއި ބުނަން ބޭނުންވަނީ ވަރަށް މުހިއްމު ވާހަކައެއްކަމަށް ބުނީމެވެ. އަލަމާރިން ޓީޝާޓެއް ނެގުމަށް ފަހު އެ ލައިގެން އެނދުގައި ހަމަ ޖެހިލުމަށް ބުނީމެވެ. މިރޭ އަހަރެން ހުރީ އަމުރުކުރާ ކަހަލަ މިޒާޖެއްގައެވެ. ކުރިން އަހަރެން އަމިއްލަ ނަފްސަށްވެސް ގަބޫލުނުކުރެވޭހާ ސާބިތުކަންމަތީގައެވެ. އެއާ ހިލާފަށް ޒާހިދުގެ ކޮންމެ ހަރަކާތެއް ކުރަނީ ހައިރާން ކަމާއެކީގައެވެ. ކުރިން ފެނުނު ވަރުގަދަ ފިރިހެނާގެ ހަރަކާތްތައް ލަސްވެފައި މަޑުމައިތިރިއެވެ.
"ސަނާ...ކިހިނެތް ވެފަ ތިހިރީ...ހާދަ ތަފާތޭ..." ޒާހިދު އަޅައިގަންނަމުން ކަހަލަ ގޮތަކަށް ބުންޏެވެ.
"ތަފާތުވެސް ވާނެ، އަހަރުމެން އިންސާނުން ވީމަ ބޭނުން ގޮތަކަށް ބަދަލުވެވިދާނެ،..މީހުން ހީކުރަނީ ބަދަލުވެވޭނީ ހަމައެކަނި ޖިންނިންނަށޭ ދޯ....އެމީހުންނަށް ހަމައެކަނި ބަދަލުކުރެވޭނީ ސިފަ....އަހަރެން މިހިރީ ހުރިހާ ގޮތަކުންވެސް ބަދަލުވެގެން، އެކަމަކު މިބަދަލު – ބަދަލު ހިފުމަކަށް ނުދާނެ"
އިންޒާރެއްދޭ ފަދައިން ހަރުކަށިކަމާއެކު ޒާހިދުއާ ވާހަކަދައްކަން ފެށީމެވެ. އަހަރެން ގެ ދަބަހުން އެއްހާސް ރުފިޔާ ނަގާ ޒާހިދު އަތަށް ދިނީމެވެ. އޭނަ އެކަމަށް ނޭދެނީސް ފައިސާ ދިން ފުރަތަމަ ފަހަރެވެ. ޒާހިދު ހިފަން ނުހިފަން ހުންނަ ކަހަލަ ގޮތަކަށް ހުރުމުން އެފައިސާ އޭނަގެ ކައިރީގަ ބޭއްވީމެވެ. އަދި އަހަރެންގެ ވާހަކަ ފެށީމެވެ.
"ތިފައިސާ ހުސްވުމުގެ ކުރިން ނިކަމެތި އެހެން އަންހެނުން ކުއްޖަކު ހޯދާށެވެ...މިގޮތަށް ބްލެކްމެއިލްކޮށްގެން އެދުން ހާސިލްކުރާނީއެވެ. އަތުންފައިން ކަމެއްނުކޮށް ދިރިއުޅެން މޮޅުގޮތެއްދޯއެވެ. އެކަމަކު މިހާރު މީހުން ހޭލުންތެރިވަނީއެވެ. ތިކަހަލަ މަކަރުވެރިންގެ ދަލުގައި ޖެހޭނެ ކުއްޖަކު ވާނެކަމެއް ޔަގީނެއްނޫނެވެ. ނަމަވެސް މިއަދުން ފެށިގެން އަހަރެންނަކަށް އެއްވެސް ބާރެއް ނުފޯރުވޭނެއެވެ. އަހަރެންގެ 'ކުށަކުން' ނާޖާއިޒް ފައިދާ ހޯދަމުން، އެ ފަސޭހަކަން ލިބިފައިއޮށްވާ ގޮށްމުށުގެ ބާރުންވެސް ކަންކަން ކުރުމަށް އިސްނެގުމަކީ ތިކަހަލަ މީހުންގެ ފިނޑިކަމެވެ. ތިމާގެ ފުރާނަ ސަލާމަތްކުރުމަށް ކޮންމެ ފަދަ ކަމެއްވެސް ކުރާނެކަން ނުވިސްނުނީ ބާރު އޮތީ ހަމައެކަނި ތިމާ އޭ ހީވާ މީހުންގެއެވެ. އަހަރެން އެ ފަޅު އިމާރަތުގައި މަރުނުވެ ސަލާމަތްވީ ތި އަނިޔާވެރިޔާއަށް އިބުރަތަކަށެވެ.
އަހަރެންގެ ހާޑްޑިސްކުގައި ހުރި ހުރިހާ އެއްޗެއް އެންމެނަށް ދައްކާށެވެ. ނޫސްތަކުގައިވެސް ޖަހާށެވެ. އަހަރެންނަށް އެކަމުން ލިބޭނެ އިތުރު ގެއްލުމެއް ނެތެވެ. ބޮޑެތި މުޖުރިމުންނާއި އެކި ފަންތީގެ ކުށްތައްކޮށްފައިވާ މީހުންވެސް އެނބުރި އިސްލާހުވެގެން މުޖުތަމައުގައި އުޅެމުންދަނީއެވެ. އަހަރެން ފަދަ ދެފެންދޭތެރޭގައި ހުރި މީހަކު ބަލައިގަންނަން ކިހާ ފަސޭހަވާނެހެއްޔެވެ. އާއިލާއާއި މައިންބަފައިން ބަދުނާމުވާނެ ވާހަކަ ބުނީމުނޫން ހެއްޔެވެ؟ ދަރިން ގޯސްމަގުން ހިނގަމުންގޮސް އެނބުރި އެމީހުންގެ ކައިރިއަށް ދިއުމުން ކުރިންވީ ލޯތްބަށްވުރެ އެތައް ގުނައެއް ލޯބިވާނެކަން ނޭންގުނީ ތިމާއަކީ އާއިލާގައި ކިހާ ބާކީ މީހެއްކަން އެނގޭތީދޯއެވެ. އަހަރެންނަށް އެއްވެސް ގޯނާއެއް، ޖެއްސުމެއްވެސް ނުކުރެވޭނެއެވެ. ތިމާ އެހެން މީހަކަށް ގޯނާކޮށް، މާރާމާރީ ހިންގާ މީހުންފަދަ ދުނިޔޭގައި މުސީބާތުގައި އުޅޭނެ ބަޔަކު ނޫޅޭނެއެވެ. އެކަނި އުޅެން ބިރުގަންނާނެއެވެ. އަމިއްލަ ދިރިއުޅުމަށް އަލްވާދާއު ކިޔަން ޖެހޭނެއެވެ. ތިމާ އުޅެން ޖެހޭނީ ކޮންމެވެސް ބަޔަކު ހިމާޔަތުގައެވެ. އެ ހިމާޔަތެއް އެއްވެސް މީހަކަށް އަބަދަކު ނުލިބޭނެއެވެ.
އަހަރެންދަނީއެވެ. މީގެ ފަހުން އަހަރެންގެ ދިރިއުޅުމަށް ވައިއެޅިލިޔަސް އަހަރެންނަށްވެސް އިހުތިޔާރާއި ބާރުތަކެއް ލިބިފައިވާކަން ހަނދާންކުރާށެވެ. އަހަރެންގެ ވާހާކައިން މީހުން ކައިރި ހިނގިޔަސް ފަރުވާލެއްނެތެވެ.

އަހަރެން ހިނގައިގަތްއިރުވެސް ޒާހިދު އިނީ ބަލަހައްޓައިގެންނެވެ. އެއްއިރެއްގައި އަހަރެން ބިރުވެރި މީހެއްކަމަށް ދެކިގެން އުޅުނު މީހާއަށް މިއަދު މިއައީ އަނިޔާކޮށްފައެވެ. އޭނަގެ ހިތަށެވެ. ކޮންމެ ކަމެއްވެސް އެނގޭނީ ކުރިމަތީލީމައެވެ. އަހަރެން ކުރިމަތިލުމުން އެކަން އިހުސާސް ކުރެވިއްޖެއެވެ. އިންސާނަކަށްވުރެ ބާރުގަދަ އިންސާނެއް އުޅޭ ހެއްޔެވެ.
އަހަރެން ހީކުރިގޮތާ ހިލާފަށް ޒާހިދުގެ ފަރާތުން އެއްވެސް އުނދަގުލެއް ނުފޯރައެވެ. އަދި އަހަރެންގެ ވާހަކަވެސް ނުދައްކައެވެ. އެއީ ކީއްވެތޯ ނުވެސް އަހަމެވެ. އެއީ އަލުންބަލުން ފަށާވަރުގެ ސިލްސިލާއެއްނޫނެވެ. އެއަށްވުރެ އަހަރެންގެ ދުނިޔެ މިހާރު އަމާނެވެ. އަހަރެންގެ ދުނިޔޭގައި އިތުބާރުކުރެވޭ، ފުރިހަމަ ފިރިހެނަކުވެއެވެ. އެއީ ފައިސަލްއެވެ. ފައިސަލް ނެތަސް މިހާރު ދިރިއުޅެވިދާނެއެވެ. ކޮންމެހެން މުހިއްމީ މީހުންތަކެއްނޫނެވެ. ތިމާ އަމިއްލަ ހިތްވަރެވެ. އެހިތްވަރު ހޯދަން ތިމާ ފަދަ އެހެން މީހަކުގެ އެހީއަށް އެދެން ޖެހެއެވެ.
(ނިމުނީ).

0 comments:
Post a Comment
އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ