-އަބްދުﷲ ޝަފީގް އަލީ-
ނިދާފަ އޮއްވާ ކުށްލިއަކަށް ހޭލެވުނީ ފޯނު
ރިންގުވާ އަޑަށެވެ. އަވަސް އަވަހަށް ގަޑިބަލާލިއރު ރޭގަނޑު އެގާރަ ޖަހަނީއެވެ. ފޯނު ކުރަނީ ކާކުތޯ ނުބަލާ ފުރަތަމަވެސް ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. ބަނޑުހައިވެފައި ހުރިވަރުންނެވެ. އޭރުވެސް ފޯނުގެ ރިންގުވާ އަޑު އިވެއެވެ. ކޭކު ފޮއްޗެއް ހިފައިގެން އެނބުރިލި ވަގުތު އަހަރެންނަށް ހީވީ ފައިދަށުން ބިންގަޑު ދެމިގަތްހެންނެވެ. ބޮލަށް އެނބުރުން އަރާގޮތްވިއެވެ. އަހަރެންގެ ކުރިމަތީ ހުރީ ޒާހިދުއެވެ. މީހާ ހުރީ ދާހިތްލާ ތެމިފޯވެފައެވެ. އަނގައިވެސް ނުބުނެ އޭނާ ހިފީ އަހަރެންގެ އަތުގައެވެ. ކުއްލިއަކަށް އެގެނައި ހަރަކާތުން އަހަރެންގެ އަތުން
ތަށިދޫވެގެން ދިޔައެވެ.
އެއަޑަށް ދައްތަ ގޮވާވެސްލިއެވެ. އަހަރެން އަތުން ތައްޓެއް ތެޅުނީކަމާއި އެތަން ސާފްކުރަނީ ކަމަށް ބުނެ އަވަހަށް ޖަވާބުދިނީ ދައްތަ ނިކުމެ އިތުރު މައްސަލަގަނޑަކަށް ވެދާނެތިއެވެ. އޭރުވެސް ޒާހިދު އަނދަމުންދާ ލޮލުން އަހަރެންނަށް ބަލަހައްޓައިގެން ހުއްޓެވެ.
"ހިނގާ ތިރިއަށް.....ތިހެން ލައްކަ ދުވަހު އުޅެވިއްޖެ ދޯ....." ރުޅިއައިސް ތުރުތުރުލާ އަޑަކުން ޒާހިދު ބުންޏެވެ.
"ނޫން...މިހިރީ ފެންވެސް ނުވަރާ..ގޭތެރޭގަ ލައިގެން އުޅޭ ހެދުމުގައެއްނު، ދެންމެ މި ހޭލެވުނީ..ޕްލީސް ދޫކޮށްލާ، މިއަންނަނީ ފެންވަރައިގެން....." އަހަރެން ޒާހިދުއަށް އާދޭސްކުރީމެވެ.
އޭނަ ހުރީ ގޮތްދޫކުރާ ކަހަލަ މޫޑެއްގައެއްނޫނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން ގޮވައިގެން ތިރިއަށް ފޭބިއެވެ. ނަސީބަކުން އެވަގުތު މަގުމަތީގަ މީހުން ވަރަށް މަދެވެ. ޒާހިދު އަހަރެން ގޮވައިގެން ގޭ ދޮރުމަތީ މަޑުކޮށްލިއެވެ. އަދި ކުއްލިއަކަށް އަތުގައި ހިފައިގެން ޖެހިގެން ހުރި އިމާރާތަކަށް ވަނެވެ. އެއީ ގެއާއި ޖެހިގެން ކަހަލަ ގޮތަކަށް ހަދަމުންދާ ތިންބުރީގެ އިމާރާތެކެވެ. މުޅިތަނުގެ ތެރޭގައި ވަނީ ސިމެންތި ގޯނިތަކާއި އިމާރަތުގެ ކުނިތަކެވެ. ޖެހިގެން ހުރި ގެތަކުން ލިބޭ ފަނޑުއަލިކަމެއް ފިޔަވާ އެއްވެސް އަލިކަމެއްނެތެވެ. އަހަރެންގެ ގޮވައިގެން ޒާހިދު އެރީ އިމާރާތުގެ ފުރަތަމަ ބުރިއަށެވެ. އެއަށްފަހު އަތުން ދޫކޮށްލިއެވެ.
ޒާހިދު ހިތްފުރޭވަރަށް އަހަރެންނާ ދިމާއަށް އިއްޗިހިކިޔަމުން ދިޔައެވެ. ހަޑިބަސްތަކުން ނާއި ރުޅިވެރިކަމުގެ ހައްދުން ނައްޓާފަހުރިވަރުން އޭނައަށް ކިޔޭ ނުކިޔޭއެއް ނޭންގުނެވެ. ޒާހިދުގެ މައިގަނޑު ޝަކުވާއަކަށްވީ އޭނައަށް ސަމާލުކަން ނުދިނުމާއި، އޭނައަށް އަޅާނުލުމެވެ. އަދި ބައެއް ކަންތައްތަކަށް އިންކާރުކުރާތީއެވެ. ޒުވާބުކުރަމުންގޮސް އެންމެ ފަހުން އަތްއިސްކުރަން ފެށިއެވެ. އަހަންނަށް އަނިޔާވެސް ކުރަން ފެށިއެވެ. ގައިގެ އެތަން މިތަނުގައި ގޮތެއްފޮތެއް ނުބަލާ ތަޅައިގަތެވެ. އަހަރެންގެ އެއްވެސް އިހުސާސެއް ބެލުމެއްނެތި ޖިންސީގުޅުން ހިންގަންފެށިއެވެ. އެއްފަހަރާ ހަށިގަނޑުގެ އެތެރެއާއި ބޭރުން ލިބެމުންދާ ތަދުތަކުން އަހަރެން ހަބަރުހުސްވާހެން ހީވިއެވެ. ނަމަވެސް މި ފަޅު އިމާރާތުގައި، ޖަނަވާރެއް ކަހަލަ މީހެއްގެ އަތްދަށުގައި ހުރެ ހިތްވަރު ދޫކޮށްލައިފިނަމަ ވާނެގޮތް އެނގެއެވެ.
ޒާހިދު އިންޒާރު ދެމުން ދިޔައީ އޭނައަށް ދެން އެފަދަ ގޮތެއް ހަދައިފިނަމަ އަހަރެންނަށް އިތުރު ތަކުލީފުތަކެއް ލިބޭނެ ކަމަށެވެ.

"ބުނަން..މިހާރު އެނގިއްޖެ ދޯ އަހަރެންނާ ކުޅެލައިފި މީހަކަށް ވާނެގޮތް..އަދިވެސް އެހެން ހަދާނަންތަ....މީހަކާ ރައްޓެހިވާނަންތަ؟.... " ޒާހިދު އިންޒާރު ދެމުން ދިޔައެވެ.
"ދެން ފަހަރަކުން އަހަރެން ބުނާ ކަމެއް ނުކޮށްފިނަމަ ސަނާ ފެންނާނީ އެ ކުނިތަކުގެ ތެރެއިން....ބޭނުންތައް އެތާ އޮވެ، ދިރިއުޅުމެ އެންމެ ފަހުނޭވާ ލާން...." އެހެން ބުނެ ޖުމްލަ ނުނިމެނީސް ކަނުގަ ހުރި ހުސްގޯނިތަކާއި ސިމެންތީ ބަސްތާތަކު ތެރެއަށް އަހަރެން ކޮށްޕާލިއެވެ. ނުވިސްނާ ހުއްޓާ ޖެހެނު ގޮތަކުން ބުރަކަށްޓަށް ވަރަށް ތަދުވެސް ވިއެވެ. އަހަރެން އާދޭސް ކުރީމެވެ. ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނެކަމަށެވެ. ޒާހިދު ބުނާ ކޮންމެ ކަމެއް ކުރާނެ ކަމަށް ވައުދުވީމެވެ. އަހަރެންނާ ދިމާއަށް އޭނަ އަންނަން ފެށިއެވެ. އަހަރެން މަޑުމަޑުން ހީލެވޭތޯ މަސައްކަތްކުރީމެވެ. އަދި އެހީއަކަށް އެދި ދެއަތް ދިއްކޮށްލީމެވެ. އޭނަ އަހަރެން ނަގާކަށް ނޫޅުނެވެ. އަދި އެހީވުމުގެ ބަދަލުގައި ދެންވެސް ކުރަންފެށީ އިންޒާރެވެ.
"އެނގޭ ދޯ ތީ ކިހާވަރެއްގެ ކުށްވެރިއެއްކަން..." އެހެން ބުނެފަ ޒާހިދު އަހަރެންނާ ދުރަށް ހިނގައިގަތެވެ.
އެހާލުގަ އޮވެގެން އަހަރެން ވިސްނަންފެށީ އަހަރެންނަކީ ކުއްވެރިއެއް ހެއްޔެވެ. ކުށެއް ކުރެވޭނީ ކުއްވެރިއަކަށް ވަނީ ކިހިނެތް ހެއްޔެވެ. އަހަރެންނަށް ކުށެއް ކުރެވުނު ހެއްޔެވެ.. އެ ހުރިހާ ހިޔާލުތަކާއި ތަދާއި ވޭނުން އަހަރެން ގެ ސިކުނޑި ސުމަކަށް ދިޔައެވެ.
އާ ދުވަހަކަށް އިރު އެރިއިރު އަހަރެން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ގައިގެ އެތަންމިތަން ވަނީ ޒަހަމް ވެފައެވެ. ފަތިސް ގަޑީގައި އެ ބިދޭސީ މަސައްކަތު މީހާއަށް ނުފެނުނު ނަމަ އަހަރެން މަރުވެގެންދާނީ އެ ކުނިތަކުގެ ތެރޭގައި، ފަޅު އިމާރާތުގައި އޮވެގެންނެވެ. އާއިލާގެ މީހުންނަށް އަހަރެން އެކަންތައް ސިއްރުކުރީމެވެ. އަހަރެން ގެ ހާލުދެކެން އައި އެންމެން ކައިރިވެސް ބުނަމުން އައީ އެކްސިޑެންޓެއްވީ ކަމަށެވެ. ސައިކަލަކުން ޖެހި ލިބުނު އަނިޔާތަކެއް ކަމަށެވެ. މިކަމުގައި އެންމެ އެހީތެރިވެދިނީ ފައިސަލްއެވެ. އެކްސިޑެންވީވެސް ފައިސަލްގެ އަތުންކަމުގައި ބުނެ އޭނަ ޒިންމާ ނެގިއެވެ. އަހަރެން ފައިސަލް ކައިރި ބުނީމެވެ. ހޮސްޕިޓަލުން ދޫކޮށްލިހާ އަވަހަށް ހުރިހާ ވާހަކައެއް ކިޔާދޭނަމެވެ.
ގައިގެ އެތަން މިތަނުގަ ހުރި ޒަހަމްތައް
ފަސޭހަވަމުން ދިޔައެވެ. ނަމަވެސް ހިތުގައި އުފެދިފައި ހުރި ޒަހަމްތަކަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. އެ ބިރުވެރިކަން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. ޒާހިދު ހުރިހާ ހިނދަކުއެވެ. މިހާރުވެސް އެއީ އަހަރެންގެ ލޯބިވެރިޔާއެވެ. ކުއްލިގޮތަކަށް މާލެއައިސް، މާލެގަ އުޅެމުން އެދަނީ އަހަރެންގެ ފައިސާއިންނެވެ. އަހަރެންގެ މަޖުބޫރު ދިރިއުޅުމުން ޒާހިދު އުފާ ހޯދަމުންދަނީ އަހަރެންގެ ހިތަށް ބިރުވެރިކަމާއި އަނިޔާ ދީފައެވެ. އެއަށް ވުރެ ފަސޭހައިން އޭނައަށް އެކަންތައްތައް ފަހިވެފައިހުއްޓައެވެ.
ފައިސަލްއާ ވެސް ގުޅުން ކަނޑާލީމެވެ. އަހަރެންގެ ފަރާތުން ކުށެއްނެތް މީހަކަށް އިތުރު އަނިޔާއެއް ދޭން ބޭނުންނުވާތީއެވެ. ޒާހިދު އެކަން މަނާކޮށްފައިވާތީއެވެ. ފައިސަލް ބަރާބަރަށް އަހަރެންގެ ހާލު ބަލަމުންދިޔައެވެ. ފޯނުވެސް ކުރެއެވެ. އޭނަގެ އަޅާލުމާއި އެ ފޯން ކޯލްތަކަށް ގަސްތުގައި ފަރުވާކުޑަކުރަން ފެށީމެވެ. ދެން ނުގުޅާށޭ ބުނާނެ ހިތްވަރެއް ނެތުމުން މިހެން ހަދައިގެންވެސް އެ ގުޅުން ނިންމާލަން ބޭނުންވާތީއެވެ.
ފައިސަލްއަކީ ވެސް ގޮތް ދޫނުކުރާ ކަހަލަ ފިރިހެނެކެވެ. އޭނަ ބުނަމުން ދިޔައީ އަހަރެންގެ މި ހާލަތު ކިޔާދިނުމަށެވެ. އަންނަމުންދާ ބަދަލު ކިޔާ ދިނުމަށެވެ. އަހަރެން ހިތަށް އެރިއެވެ. މިކަހަލަ ހުރިހާ ގޮތަކުން ބަލިކަށި މީހަކަށް އަހަރެން ސަލާމަތްކޮށްދެވޭނެހެއްޔެވެ؟ އަހަންނަށް އެހީތެރިވެދެވޭނެ ހެއްޔެވެ؟ ފައިސަލްއަށް އިތުބާރު ކުރެވޭނެ ހެއްޔެވެ؟، އޭނަވެސް އަހަރެން ހައްލާލައިގެން، ބިރުދައްކައިގެން ނާޖާއިޒު ފައިދާތަކެއް ނުނަގާނެ ބާވައެވެ. ހުރިހާވެސް މައްސަލައަކީ އަހަންނަށް ދުނިޔެ ތެރެއަށް ލޯ ހުޅުވިފައިނެތުމެވެ. ހަގީގީ ދިރިއުޅުން ނޭންގުމެވެ. ދުނިޔޭގެ އެކޮޅު-މިކޮޅު ނޭންގުމެވެ. މީހުންގެ ދިރިއުޅުމާއި ދިރިހުރުމާ ދެމެދު ހިނގާ ކަންތައްތައް ވަޒަން ކުރަން ނޭންގުމެވެ. ހައްތަހާވެސް އަހަރެންގެ ބަންދުވެފަ ހުރި ސިނކުޑީގެ އުނިކަމެވެ. ހިތަށްއެރި އެންމެ އެއްޗަކުން ދިރިއުޅެން އާދަކުރީމަ ވީގޮތެވެ.
އެ ހާދިސާއަކީ ފައިސަލްއަށް ހުރިހާ ވާހަކައެއް ކިޔާދިނުމަށް، އަހަރެންގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލަން މަޖުބޫރުވި ހާދިސާއެވެ. އެ ބިރުވެރި ހަބަރަކީ އަހަރެންނަށް ދިމާވާން އުޅުނު ކަހަލަ ކަމެކެވެ. އަހަރެން ސަލާމަތްވިޔަސް މިފަހަރު އެ ހާލަތުގައި އޮށްވާ ފެނުނީ ހަމަ އަހަރެން ފަދަ އަންހެން ކުއްޖެކެވެ. ކޮންފަދަ އިއްތިފާގެއްހެއްޔެވެ. މިއަދު މުޅި މާލެ ތެރޭގައި ދައްކަނީ އެ ވާހަކައެވެ. ހަދަމުންދާ އިމާރާތެއްގެ ކުނިތަކު ތެރޭގައި އަންހެން ކުއްޖަކު މަރުވެފައި އޮތީއެވެ. އޮފީސް މީހުންނާއި ރައްޓެހިންގެ ފޯނުތަކުން އެކުއްޖާގެ ފޮޓޯ އަހަންނަށް ދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް އެ މަންޒަރު ބަލާކަށް ނުކެރުނެވެ. އެއަޑު އިވުނީއްސުރެ މަންޒަރު ސިފަވަމުންދިޔައީ އެއީ އަހަރެން ކަމުގައެވެ. މުޅިދުވަސް ކަހަލަ ގޮތަކަށް ދިޔައީ ބިރުވެރިކަމާއި ހިތް ނުތަނަވަސްކަމުންނެވެ. އަހަރެންގެ މި ޒުވާން އުމުރުގައި އެގޮތަށް ނިމިދާކަށް ބޭނުމެއްނޫނެވެ. އެއް ފަހަރު އެފަދަ ހާދިސާއެއް ހިނގައިފިއެވެ. އެއީ ބިރުވެރި އިންޒާރެކެވެ. ކޮންމެ ފަހަރަކު އެފަދަ ގޮތަކަށް ސަލާމަތްވާނެ 'މުއުޖިޒާތެއް' މެދުވެރި ނުވެދާނެއެވެ. އެއަންހެއްކުއްޖާ ފަދައިންނެވެ.
ފައިސަލްއަށް ހުރިހާ ވާހަކައެއް ކިޔާ ދިނުމަށް އެއްބަސްވީމެވެ. މުޅި މާލޭގަ އަތްފުނާ އަޅައިގެންވެސް ރައްކާތެރި މާހައުލެއް ނުލިބުނެވެ. ހައްތަހާވެސް ޒާހިދު އުޅޭ ތަންތަނެވެ. އޭނަގެ ރައްޓެހިން އުޅޭ ސަރަހައްދުތަކެވެ. ހިތް ބިރުގަނެފަ ހުރިވަރުން އަހަރެން ހުރީ ވަރަށް ބޮޑަށް ރައްކާތެރިކަމަކަށް ބޭނުންވެފައެވެ.
މެންދުރުގެ އެންމެ އަވިބާރުގަޑީގައި އަހަރެން އިނީ ފެރީގައެވެ. އޮފީހުގެ ރަސްމީގަޑީގައި ފުރަތަމަ ފަހަރަށް ގަދަވެ ސަލާމަތުން ހުރެ ސަލާމްބުނި ދުވަހެވެ. އަހަރެން އިނީ އޮފީހަށްދާ ހެދުމުގައެވެ. ރާއްޖޭގެ ވައިގެދަތުރުރު ފަތުރުން ގުޅިފައިވާ މައި ހަބު ކަމަށްވާ ހުޅުލޭއަށް އަހަރެންގެ މިސްރާބު ޖަހާފައިމިވަނީ އަހަރެންގެ ހަޔާތް ރަނގަޅު ފާލަށް އަޅުވާލުމަށް ގުޅުވާލުމަށެވެ. އަހަރެންގެ އިންތިޒާރުގައި ފައިސަލް ހުންނާނެއެވެ. މިއަދު ދިރިއުޅުން ކޮންމެވެސް އެއްގޮތަކަށް އިހުތިޔާރުކުރަން ޖެހެއެވެ. މިހެން އުޅެ ކުނިތަކުގެތެރޭގައި މަރުވެގެން ދިއުމެވެ. ނުވަތަ އެނޫން މަގެއް ހޯދުމެވެ.
ހުޅުލޭގައި އަހަރެންގެ އިންތިޒާރުގައި ފައިސަލް ހުއްޓެވެ. ދެމީހުން މިސްރާބު ޖެހީ ހުޅުލޭ އައިލެންޑް ހޮޓަލާ ދިމާއަށެވެ. އެ ހިތްގައިމު ރެސްޓޯރެންޓުގައި އަހަރުމެން ފިޔަވައި މުޅިންވެސް ތިބީ ބިދޭސިންނެވެ. އެވެސް ވަރަށް މަދުންނެވެ. ލުއިލުއި ކާއެއްޗަކަށް އޯޑަރު ދިނުމަށް ފަހު އަހަރެންގެ ވާހަކަ ފެށީމެވެ.

(ނުނިމޭ).

0 comments:
Post a Comment
އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ