އަބްދުﷲ ޝަފީގް އަލީ
ނޯޓް: މިއީ މެލޭޝިޔާގެ ދުވަހުނޫހެއްކަމަށްވާ 'ސްޓާރ ނިއުސްޕޭޕަރ'16 އޮގަސްޓް 2009 ގައި މރ.އަންޑްރޭ އެޑްވަޑްސް ލިޔެފައިވާ ހަގީގީ ވާހަކައެއްގެ އަވަސް ތަރުޖަމާއެކެވެ. މި ރިޕޯޓުން ދިވެހި މުޖުތަމައުގައި މިފަދަ އަމަލު ހިންގާ މީހުން އިބުރަތް ލިބިގަނެ، މިކަމުން ދުރުކުރުމަކީ އަޅުގަނޑު މި ހާދިސާ މުރާސިލުގައި ލިޔަން ޖެހުނު މަގުސަދެވެ. ތައިލެންޑު އަންހެން ކުދިން ކައިރިއަށް 'މަސާޖުކުރަން' ދާ މީހުންނަށް މި ރިޕޯޓުން އިބްރަތް ހާސިލުކޮށް، ތި އުޅުން ހުއްޓާލައި، އަނބިން ނުވަތަ ރައްޓެހި ވެގެން އުޅޭ ކުދިންނާއެކު ވަފާތެރި ދިރިއުޅުމެއް އުޅުމަށް ނަސޭހަތްތެރިވަމުން މިލިޔުން ފަށަމެވެ.
ހިކި އަނަރޫފަވެފައިވާ ހަށިގަނޑަށް ބަލާލުމުން އޭނައަކީ 19 އަހަރުގެ ޒުވާނެކޭ ބުނާނީ ކާކުހެއްޔެވެ؟ އެއަށްވުރެ އެ ހަށިގަނޑު ބަލިކަށިވެފައި މުސްކުޅިފާޑު ޖަހައެވެ
.
ފާތިން (އަސްލު ނަމެއްނޫން) އޭނަގެ ސުވެޓަރ ހެޔޮވަރުކޮށްލަމުން ދެކޮޅު ބަލާލިއެވެ. މިއިންޓަވިއުދޭއިރު އެއްވެސް މީހަކަށް އަޑު އިވިދާނެތީ ޖެހިލުންވާ ކަހަލަ ގޮތަކަށެވެ. އޭނާ އިނީ، ޖޮހޯރުގައި (މެލޭސިޔާގެ ސިޓީއެއް) އޭނާ ދިރިއުޅެމުންދާ ދީނީ މަދަރުސާއެއްގެ ކަމްޕައުންޑުގެ، ފަނޑު އަލިކަމެއްހުރި އެކަހެރި ކަނެއްގައި އިށީންދެލައިގެންނެވެ. އޭނައަކީ އަސްލު ފިރިހެނެއްކަމާއި އަންހެން ޖިންސަށް ބަދަލުވެފައިވާކަމަށް އަޅުގަނޑުގެ ގާތުބުނީ އަދި ނިކަން ސިއްރުންނެވެ. އޭނާގެ ވާހަކަ ފެށީ ވަރަށް ލަސްލަހުން، މަޑުމަޑުންނެވެ. އަޅުގަނޑުވެސް ފަރުވާތެރިކަމާއެކު އޭނަގެ ވާހަކަ އަޑުއަހަމުން ދިޔައީމެވެ. އޭނާއަށްވަނީ އެއިޑްސް ޖެހިފައެވެ. އަދި މިވޭނީ މަރުބަލީގެ ސިކާރައަކަށްވުމުގެ ފަހުން ޓީބީ ބައްޔާވެސް ފާތިން ދަނި ހަނގުރާމަ ކުރަމުންނެވެ.
ފާތިން (އަސްލު ނަމެއްނޫން) އޭނަގެ ސުވެޓަރ ހެޔޮވަރުކޮށްލަމުން ދެކޮޅު ބަލާލިއެވެ. މިއިންޓަވިއުދޭއިރު އެއްވެސް މީހަކަށް އަޑު އިވިދާނެތީ ޖެހިލުންވާ ކަހަލަ ގޮތަކަށެވެ. އޭނާ އިނީ، ޖޮހޯރުގައި (މެލޭސިޔާގެ ސިޓީއެއް) އޭނާ ދިރިއުޅެމުންދާ ދީނީ މަދަރުސާއެއްގެ ކަމްޕައުންޑުގެ، ފަނޑު އަލިކަމެއްހުރި އެކަހެރި ކަނެއްގައި އިށީންދެލައިގެންނެވެ. އޭނައަކީ އަސްލު ފިރިހެނެއްކަމާއި އަންހެން ޖިންސަށް ބަދަލުވެފައިވާކަމަށް އަޅުގަނޑުގެ ގާތުބުނީ އަދި ނިކަން ސިއްރުންނެވެ. އޭނާގެ ވާހަކަ ފެށީ ވަރަށް ލަސްލަހުން، މަޑުމަޑުންނެވެ. އަޅުގަނޑުވެސް ފަރުވާތެރިކަމާއެކު އޭނަގެ ވާހަކަ އަޑުއަހަމުން ދިޔައީމެވެ. އޭނާއަށްވަނީ އެއިޑްސް ޖެހިފައެވެ. އަދި މިވޭނީ މަރުބަލީގެ ސިކާރައަކަށްވުމުގެ ފަހުން ޓީބީ ބައްޔާވެސް ފާތިން ދަނި ހަނގުރާމަ ކުރަމުންނެވެ.
ހުރިހާ ކަމެއްވެސް ކުރީ މަޖަލަކަށް:
"އަހަރެން ހުރިހާ ކަމެއްވެސް ކުރީ މަޖަލަކަށް،.......... ހަގީގަތުގައި ހަށިވިއްކުމުގެ މަސައްކަތް ފެށުނީ ބަސްސްޓޭންޑު ތަކުގައި ރައްޓެހިންނާ އެކީ މަޖަލަކަށް........"
ލަދުން މޫނު އިސްޖަހާލަމުން ފާތިންނަށް އެއިޑްސް ސިކާރައަށް ހުށަހޮޅިގަތް ހަށިވިއްކުމުގެ މަސައްކަތް ފެށުނުގޮތް ކިޔާދިނެވެ.
"...ފިރިހެނުން އަހަރުމެން ތިބޭ ބަސްޓޮޕްތަކަށް ހުއްޓާނެ، އެމީހުން އަހަރުމެންގެ ތެރެއިން، އެމީހުން ހިތްކިޔާ ކޮންމެވެސް ކުއްޖަކު އިހުތިޔާރުކޮށްގެން ގެންދާނެ........"
އައިސްކްރީމެއް ބޯލުމަށް އެންމެ 50 ރިންގިޓް ހަރަދު ވާފަދައިން، ފާތިންމެންގެ އެންމެ ރެއެއްގެ 'މުޅިހަށިގަނޑު ހިތަކަށް' 70 ނުވަތަ 80 ރިންގިޓަށް ވިއްކާލައެވެ. ފާތިން ބުނާގޮތުން ހުރިހާ ފިރިހެނުން އެއްގޮތަކަށް އެމީހުނަށް ކަންތަކެއް ނުކުރެއެވެ. ބައެއް ފިރިހެނުން ޖިންސީ އެދުން ފުއްދުމުގެ ބަދަލުގައި ހަމައެކަނި ކަރޯކޭ ބާރ ނުވަތަ އެހެންވެސް ކްލަބެއްގައި އެމީހަކާ އެކީ ނަށާލުމަށް ވެސް ގެންދެއެވެ. އަދި ބައެއް ފިރިހެނުންގެ ޖިންސީ އަލާފިލުވައިދީ ނިމޭ ފަހުން ލާރި ނެތްކަމަށްބުނެ، އިހާނެތިގޮތްވެސް ހަދާފައިވެސް ވެއެވެ.
"އަސްލު އަހަރެން ވަރަށް ތެދައް ބުނާނަމަ މިކަން ފެށުނީ ހަމަ މަޖަލަކަށް، އަހަރެން ފުރަތަމަ ހިތްކާފަރު ވެގެން މިކަން ކުރަނީ ވިލެޖުގަ އުޅޭ ރައްޓެހި ފިރިހެންކުދިންނާ އެކީ، ހަމަ 'ހިލޭސާބަހަށް'، އެއްވެސް ލާރިއަކަށްނޫން، މަޖަލަކަށް އަދި އަހަރުމެންގެ އުފަލަކަށް، ކަރުހިއްކުން ފިލުވުމަށް،....އެކަމަކު ފަހުންވީ ގޮތަކީ ހަށިވިއްކުމުގެ ވިޔަފާރީގަ އުޅޭ އަހަރެންގެ ރައްޓެހިން ތަކަކާ ދިމާވީ، އަހަރެންވެސް އެމީހުން ހަދާގޮތައް ހަދަންފެށީ، އެހެން ހެދުމުން މަށަށް ލާރި ލިބެންފަށައިފި.........."
ފާތިން އިތުރައް ކިޔާދެން ފެށިއެވެ.
ފާތިން ގެއިން ނިކުމެގެން ޕެނާންގަށް ދިޔައީ އޭނަގެ އުމުރުން އެންމެ 13 އަހަރުގައި ވަޒީފާއެއް ހޯދުމުގެ ގޮތުންނެވެ. މިގޮތުން ހޮޓަލެއްގެ ސައި ގެނެސްދޭ ވަޒީފާއެއް ފާތިން ހޯދިއެވެ. ފާތިން ފުރަތަމަ ޖިންސީ ގުޅުން ހިންގަންފެށީ އޭނަގެ އުމުރުން 12 އަހަރުގައެވެ. ހަށިވިއްކުމުގެ މަސައްކަތްފެށީ މިގޮތަށް މަޖަލަކަށް ޖިންސީ ގުޅުން ހިންގާތާ 4 އަހަރު ހޭދަކުރުމަށް ފަހު ޕެނާންގަށް ދިޔަފަހުންނެވެ. ރަނގަޅު ރެއެއްގައި 250 ރިންގިޓު ޖެހޭއިރު، އެވްރެޖްކޮށް 100 ރިންގިޓް ލިބޭ ކަމަށް ފާތިން ބުންޏެވެ.
ފާތިންއަށް އެއިޑްސް ޖެހިފައިވާކަން އެނގުނީ އޭނާ ބަލިވެގެން ކްލިނިކަކަށް ދިއުމުންނެވެ. އޭގެ ކުރިން އޭނަގެ ހަށިގަނޑުގައި އެޗްއައިވީ ހުރިކަމުގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވިފައިނުވާކަމަށްވެއެވެ. އޭނައަށް މިހަބަރު ލިބުމުންވީ ވަރަށްވެސް ބިރުވެރި ވޭނީ ހަބަރަކަށެވެ. އެހެންކަމުން ފާތިން މިކަންތައް އާއިލާއަށްވެސް ސިއްރުކުރިއެވެ. ނަމަވެސް މި ކްލިނިކުގެ ނަރުހެއްވަނީ މި ހަބަރު ފާތިންގެ އާއިލާއަށް ދީފައެވެ.
"ފުރަތަމަވެސް އަހަރެންގެ އާއިލާއިން ވަރަށް ރުޅިއައި، އެމީހުން ވަރަށް ހިތްހަމަ ނުޖެހުނު،..އެނގޭތަ، އަހަރެންގެ 3 ބޭބެ ވެސް މަރުވީ އެއީޑްސް ޖެހިގެން،، މަށަކީ އާއިލާގެ 8 ކުދިންގެ ތެރެއިން 5 ވަނަ ދަރި........"
އަޅުގަނޑާ މުހާތަބްކޮށް ފާތިން ވަރަށް ދެރަވެފަ ބުންޏެވެ.
"އަހަރެން ޑްރަގްސް އެއް ބޭނުމެއް ނުކުރަން، ރަލެއް ނުބޮން، ހަމަ އެކަނި ސިނގިރޭޓް ބޮނީ...މަށަށް ކިހިނެތް އިނގޭނީ މިބަލި ޖެހޭނެ ކަމެއް، އަހަރެން ހަމަ އެކަނީ އުޅުނީ އަހަރެން ރަހުމަތްތެރިން މަށަށް ބުނެދިން ގޮތައް، އެމީހުން ކުރާކަންތައް ކޮށްގެން..............."
(ނުނިމޭ)
.

2 comments:
މިޒާތުގެ އެއްޗިއްސަށް ކިހިނެތް އެންމެންނާ ގުޅޭ ބަހުރުވައަކުން ކޮމެންޓް ކުރާނީ
، އުންމީދު ކުރަން މިވާހަކައިން ރަނގަޅު އިބުރަތެއް މިހާރުގެ ޒުވާން އަންހެން އަދި ފިރިހެން ކުދިންނަށް ލިބިގެންދާނެކަމަށް....
Post a Comment
އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ