Sunday, October 30, 2011

ހަގީގީ ހާދިސާ: ޖިންސު ބަދަލުކުރި (ޓްރާންސެކްސުއަލް) ފިރިހެނެއްގެ ދުލުން: "ހަށިވިއްކުމުގެ ކަންތަކުގައި މަށަށް އެއިޑްސް ޖެހުނުގޮތް" (2)


 އަބްދުﷲ ޝަފީގް އަލީ -


ފާތިންއަށް އެއިޑްސް ޖެހުނު ފަހުން ޖިންސީ ވިޔަފާރި ވަނީ ހުއްޓާލާފައެވެ. މިހާރު އޭނާ އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތް ކުރަނީ ސިންގަޕޫރުން ލޮރީ ތަކަށް މުދާ ބަރުކުރުމުގެ މަސައްކަތެވެ. ބައެއް ފަހަރަށް ޑްރައިވަރެއްގެ ގޮތުގައިވެސް ލޮރީގެ ޑިއުޓީ އަދާކޮށްގެން އޭނާގެ އާމްދަނީ ދެގުނަ ބޮޑުކޮށް ހޯދާ ފަހަރުވެސް މަދެއްނޫނެވެ.

ފާތިން ގެ މިހާރު ހުރި ޖިންސާ ދޭތެރޭ އޭނާ ވަރަށް ހިތްހަމަޖެހެއެވެ. އޭނާ ބުނާގޮތުން ވިހޭއިރު އޭނަ އަކީ ފިރިހެން ކުއްޖެއްކަމަށްވިޔަސް ވަރަށް ކުޑައިރުންފެށިގެން އޭނާ އަންހެން ހެދުން އެޅުމަށް ލޯބިކުރެއެވެ. އަދި ގޭގައި އަންހެންކުދިން ކުރާ މަސައްކަތްވެސް ކުރަންފެށިއެވެ. އޭގެ ފަހުން އޭނާވަނީ ޝީމޭލް އަކަށް ބަދަލުވެފައެވެ.  
(ނޯޓް: ޝީމޭލުންނަކީ އަންހެނުން ގޮތައް އުރަމަތި ބޮޑުކޮށްގެން، ބައެއް މީހުން ފިރިހެން ހަށިވެސް ބުރިކޮށްލާ، އަންހެނުންގެ ކުރިމަތި ފަރާތާ އެއްގޮތައް ބަދަލުކޮށްލައެވެ. އަނެއްބައި މީހުން މަތީކޮޅު އަންހެނެއް ގޮތައް، ތިރީބައި ފިރިހެނުންގެ ސާމާނާއެކު ހުރެއެވެ. މިއީ މިހާރު ވަރަށް ފަސޭހަ ސާޖަރީއެކެވެ. މެލޭޝިޔާ، ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް މިވައްތަރު 'އަންހެނުން' ވަރަށް ގިނައިން ފެންނާނެއެވެ. އިންޑިޔާގެ ބެންގަލޫރުގެ ކޮމާޝަލް ސްޓްރީޓްގަ ރޭގަނޑު އުޅެނީ މީގެ ފޭކު މީހުންނެވެ. ބޮޑެތި ކަޅު ފިރިހެނުން އެއްވެސް އޮޕަރޭޝަނެއް ނުކޮށް ހަމައެކަނީ ބުރާ އެއް އަޅައިގެން އުޅޭ މީހުންނެވެ. ދިވެހިރާއްޖޭގައިވެސް މިކަހަލަ އެކަކު އުޅޭކަމަށްވެއެވެ)

މިހާރަކަށް އައިސް ފާތިންގެ ގިނަ ވަގުތު ހޭދަ ކުރަނީ ގޭގައެވެ. އެއީ އޭނަގެ ބަލިހާލު ބޮޑުވެ ދިރިއުޅެން އުނދަގޫ ހިސާބަށް ދިއުމުންނެވެ.
 '....މަށަށް ހީވަނީ ސިކުނޑި ބޭރަށް ނިކުމެދާނެހެން، އެހާވެސް ބޮލުގަ ރިއްސާ، ބައެއް ފަހަރު ލޮލަށް ނުފެންނަ ފަހަރުވެސް އާދޭ، ކާހިތެއް ނުވޭ، އަހަރެންގެ އަމިއްލަ ނަފްސަށް ކޮންމެ ކަމެއްކުރަންވެސް ޖެހެނީ މަޖުބޫރުކުރަން'.

ހިތް ހަލާކުވެފައިވާ މަންމައެއް:

ފާތިންގެ މަންމަ ރޯޒް (އަސްލު ނަމެއްނޫން) 49 އ، ގިނަ ވަގުތު ހޭދަކުރަނީ އިތުރުގަޑީގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށާއި ބޮޑެތި މީހުނަށް ކިޔަވަދޭ ކުލާހަކަށްގޮސް ކިޔެވުމުގެ ކަންތަކުގައާއި ދަރިން ބެލުމުގެ ކަންތައްތަކުގައެވެ. ސިންގަޕޫރުން އެ ވިލެޖަށް ގެންނަ މުދާ ބަރުކުރުމުގެ މަސައްކަތްކޮށްގެން ފާތިންގެ މަންމައަށްވެސް ދުވާލަކު 250 ރިންގިޓް ލިބެއެވެ. ރޯޒް ގެ 60 އަހަރުގެ ފިރިމީހާ އަށް މިހާރު އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. އެއީ އުނަގަނޑުގައި ނުފިލާ ތަދެއް ހުންނާތީއެވެ.
ރޯޒް ލޮލުން ނާއުއްމީދީ ގޮތަކަށް އަޅުގަނޑާ ދިމާއަށް ބާލަލަމުން، ފެންކަޅިވެފައި އިނދެގެން އޭނާގެ ވިޔާނުދާ ދަރިންގެ ވާހަކަ ކިޔާދިނެވެ
. ".....އަހަރެންގެ އެއިޑްސް ޖެހުނު 3 ފިރިހެން ދަރިން މަރުވަންދެން ބެލީ ހަމަ މި ދެއަތުން، އަހަރެން އަބަދުވެސް އެމީހުނަށް ނަސޭހަތް ދިނިން، އަދަބު ދިނިން، ޑްރަގްސް ބޭނުން ނުކުރުމަށް،....އެކަމަކު އެމީހުން އެކަމެއް ހުއްޓައެއްނުލި..އެންމެ ކުޑަމިނުން އަހަރެންގެ އެއް ދަރިޔަކު ޕޮލިހުން މަސްތުވާތަކެއްޗާ އެކީ ހައްޔަރުކުރުމުންވެސް އޭނަ އެކަމުން ދުރެއްނުވި...އިސްލާހެއްނުވި..'"

ރޯޒް ގެ 26 އަހަރުގެ ފިރިހެން ދަރިއާއި، 20 އަދި 17 އަހަރުގެ ޒުވާން ދަރިން މަރުވި ގާތްގަނޑަކަށް ޖެހިޖެހިގެން ކަހަލަ ގޮތަކަށެވެ. އެމީހުން އެކަކު އަނެކަކަށް ސިރިންޖުން ޑްރަގްސް ބޭނުން ކުރަމުން ގެންދިޔައެވެ. މިސަރަހައްދުގެ ޑްރަގު ވިޔަފާރިކުރާ މީހުންނަށް އެމީހުން ތައާރަފްވެ ރޯޒްގެ ކޮންޓްރޯލް، ދަރިންގެ މައްޗަށް ގެއްލުނެވެ.

"އަހަރެންގެ ހަތަރުވަނަ ފިރިހެން ދަރިވެސް މިހާރު މަސްތުވާތަކެތީގެ ޝިކާރައަކަށްވެއްޖެ،..އޭނަގެ ބޭބެމެންނަށް ދިމާވި ކަންތަކުގެ ވާހަކަ ކިޔާދިނުމުންވެސް ގަބޫލެއް ނުކުރި،..އެކަމުން ދުރެއް ނުވި،،،މަސްތުވާތަކެއްޗަށް ހަރަދު ކުރުމަށް މިހާރު އޭނަދަނީ މިހިސާބުގެ މީހުންނާ އެކީގެ މަހަށް...ދުވާލަކު އެސޮރަށް ލިބޭ 160 ވަރަކަށް ރިންގިޓު އެއްކޮށް އެ ހަރަދު ކުރަނީ ހަމަ މަސްތުވާ ތަކެއްޗަށް...އެންމެ ލޯލާރިއެއްވެސް އާއިލާގެ ކަމަކަށް ހަރަދެއް ނުކުރޭ...އަހަރުމެނަކަށް ނުދޭ..'
ރޯޒް ރޮމުން ކިޔާދިނެވެ.
 '...މިއީ މައިން ބަފައިން ދަރިންދެކެ އިންތިހާއަށް ލޯބިވިޔަސް ދަރިން މައިންބަފައިން ދެކެ ލޯބި ނުވާތީ ދިމާވާގޮތްތައް..'
ރޯޒްގެ އަމިއްލަ ތަޖުރިބާއަށް ބިނާކޮށް، އޭނާއަށް ފެންނައެއްޗެއް އަޅުގަނޑާ ހިއްސާކޮށްލުމުގެ ގޮތުން ބުނެލިއެވެ.

ރޯޒް އޭނާގެ ދަރިންނަށް ލޯބި ދިނެވެ. އޯގާތެރިކަން ދިނެވެ. އެންމެ ފަހުން ކޮންމެ ދަރިއެއްވެސް ބޮޑުކަމެއް ޖެހުމުން، ބޮނޑިއެއް ބޮއިގެން އަންނަނީ ރޯޒް ކައިރިއަށެވެ. އޭނަގެ 3 ފިރިހެން ދަރިންނަށް އެއިޑްސް ގެ ޝިކާރަކަށްވުމުންވެސް އެއްވެސް ޝަކުވާއެއް ނެތި މަރު ދުވަހާ ޖެހެންދެންވެސް ބެލިއެވެ. ރޯޒް ގަބޫލުކުރާ ގޮތުގައި އޭނަގެ 8 ކުދިންގެ ތެރެއިން 6 ކުދިން އެއިޑްސްގެ ބަލީގައި މަރުވެދާނެއެވެ. މިހާރު ސަލާމަތުން ތިބީ އޭނަގެ 13 އަހަރާއި 6 އަހަރާއި ދެމެދުގެ އަންހެން ކުދިންނެވެ.
'
މިހާރު ދެން މިއޮތީ މީނައަށް (ފާތިންއަށް) މި ބަލި ޖެހިފައި...އަހަރެން ވަރަށް ރުޅިވެސްއައި، ދެރަވެސްވި..އަހަރެންގެ 3 ފިރިހެން ދަރިން މިހާރުވެސް ގެއްލިއްޖެ...ދެން މީނަ (ފާތިން) މީ އަބަދުވެސް އެންމެ ލާނެއް، ބަސްނާހާ މީހާ'. ރޯޒްގެ އިންޓަވިއު ނިންމާލަމުން ބުނެލިއެވެ 
.
(ނިމުނީ)
.
Read more »

Saturday, October 29, 2011

ހަގީގީ ހާދިސާ: ޖިންސު ބަދަލުކުރި (ޓްރާންސެކްސުއަލް) ފިރިހެނެއްގެ ދުލުން: "ހަށިވިއްކުމުގެ ކަންތަކުގައި މަށަށް އެއިޑްސް ޖެހުނުގޮތް" (1)


އަބްދުﷲ ޝަފީގް އަލީ              


ނޯޓް: މިއީ މެލޭޝިޔާގެ ދުވަހުނޫހެއްކަމަށްވާ 'ސްޓާރ ނިއުސްޕޭޕަރ'16 އޮގަސްޓް 2009 ގައި މރ.އަންޑްރޭ އެޑްވަޑްސް ލިޔެފައިވާ ހަގީގީ ވާހަކައެއްގެ އަވަސް ތަރުޖަމާއެކެވެ. މި ރިޕޯޓުން ދިވެހި މުޖުތަމައުގައި މިފަދަ އަމަލު ހިންގާ މީހުން އިބުރަތް ލިބިގަނެ، މިކަމުން ދުރުކުރުމަކީ އަޅުގަނޑު މި ހާދިސާ މުރާސިލުގައި ލިޔަން ޖެހުނު މަގުސަދެވެ. ތައިލެންޑު އަންހެން ކުދިން ކައިރިއަށް 'މަސާޖުކުރަން' ދާ މީހުންނަށް މި ރިޕޯޓުން އިބްރަތް ހާސިލުކޮށް، ތި އުޅުން ހުއްޓާލައި، އަނބިން ނުވަތަ ރައްޓެހި ވެގެން އުޅޭ ކުދިންނާއެކު ވަފާތެރި ދިރިއުޅުމެއް އުޅުމަށް ނަސޭހަތްތެރިވަމުން މިލިޔުން ފަށަމެވެ.

 


 ހިކި އަނަރޫފަވެފައިވާ ހަށިގަނޑަށް ބަލާލުމުން އޭނައަކީ 19 އަހަރުގެ ޒުވާނެކޭ ބުނާނީ ކާކުހެއްޔެވެ؟ އެއަށްވުރެ އެ ހަށިގަނޑު ބަލިކަށިވެފައި މުސްކުޅިފާޑު ޖަހައެވެ
.
ފާތިން (އަސްލު ނަމެއްނޫން) އޭނަގެ ސުވެޓަރ ހެޔޮވަރުކޮށްލަމުން ދެކޮޅު ބަލާލިއެވެ. މިއިންޓަވިއުދޭއިރު އެއްވެސް މީހަކަށް އަޑު އިވިދާނެތީ ޖެހިލުންވާ ކަހަލަ ގޮތަކަށެވެ. އޭނާ އިނީ، ޖޮހޯރުގައި (މެލޭސިޔާގެ ސިޓީއެއް) އޭނާ ދިރިއުޅެމުންދާ ދީނީ މަދަރުސާއެއްގެ ކަމްޕައުންޑުގެ، ފަނޑު އަލިކަމެއްހުރި އެކަހެރި ކަނެއްގައި އިށީންދެލައިގެންނެވެ. އޭނައަކީ އަސްލު ފިރިހެނެއްކަމާއި އަންހެން ޖިންސަށް ބަދަލުވެފައިވާކަމަށް އަޅުގަނޑުގެ ގާތުބުނީ އަދި ނިކަން ސިއްރުންނެވެ. އޭނާގެ ވާހަކަ ފެށީ ވަރަށް ލަސްލަހުން، މަޑުމަޑުންނެވެ. އަޅުގަނޑުވެސް ފަރުވާތެރިކަމާއެކު އޭނަގެ ވާހަކަ އަޑުއަހަމުން ދިޔައީމެވެ. އޭނާއަށްވަނީ އެއިޑްސް ޖެހިފައެވެ. އަދި މިވޭނީ މަރުބަލީގެ ސިކާރައަކަށްވުމުގެ ފަހުން ޓީބީ ބައްޔާވެސް ފާތިން ދަނި ހަނގުރާމަ ކުރަމުންނެވެ.

ހުރިހާ ކަމެއްވެސް ކުރީ މަޖަލަކަށް:

"އަހަރެން ހުރިހާ ކަމެއްވެސް ކުރީ މަޖަލަކަށް،.......... ހަގީގަތުގައި ހަށިވިއްކުމުގެ މަސައްކަތް ފެށުނީ ބަސްސްޓޭންޑު ތަކުގައި ރައްޓެހިންނާ އެކީ މަޖަލަކަށް........"
ލަދުން މޫނު އިސްޖަހާލަމުން ފާތިންނަށް އެއިޑްސް ސިކާރައަށް ހުށަހޮޅިގަތް ހަށިވިއްކުމުގެ މަސައްކަތް ފެށުނުގޮތް ކިޔާދިނެވެ.
 "...ފިރިހެނުން އަހަރުމެން ތިބޭ ބަސްޓޮޕްތަކަށް ހުއްޓާނެ، އެމީހުން އަހަރުމެންގެ ތެރެއިން، އެމީހުން ހިތްކިޔާ ކޮންމެވެސް ކުއްޖަކު އިހުތިޔާރުކޮށްގެން ގެންދާނެ........"
އައިސްކްރީމެއް ބޯލުމަށް އެންމެ 50 ރިންގިޓް ހަރަދު ވާފަދައިން، ފާތިންމެންގެ އެންމެ ރެއެއްގެ 'މުޅިހަށިގަނޑު ހިތަކަށް' 70 ނުވަތަ 80 ރިންގިޓަށް ވިއްކާލައެވެ. ފާތިން ބުނާގޮތުން ހުރިހާ ފިރިހެނުން އެއްގޮތަކަށް އެމީހުނަށް ކަންތަކެއް ނުކުރެއެވެ. ބައެއް ފިރިހެނުން ޖިންސީ އެދުން ފުއްދުމުގެ ބަދަލުގައި ހަމައެކަނި ކަރޯކޭ ބާރ ނުވަތަ އެހެންވެސް ކްލަބެއްގައި އެމީހަކާ އެކީ ނަށާލުމަށް ވެސް ގެންދެއެވެ. އަދި ބައެއް ފިރިހެނުންގެ ޖިންސީ އަލާފިލުވައިދީ ނިމޭ ފަހުން ލާރި ނެތްކަމަށްބުނެ، އިހާނެތިގޮތްވެސް ހަދާފައިވެސް ވެއެވެ.

"އަސްލު އަހަރެން ވަރަށް ތެދައް ބުނާނަމަ މިކަން ފެށުނީ ހަމަ މަޖަލަކަށް، އަހަރެން ފުރަތަމަ ހިތްކާފަރު ވެގެން މިކަން ކުރަނީ ވިލެޖުގަ އުޅޭ ރައްޓެހި ފިރިހެންކުދިންނާ އެކީ، ހަމަ 'ހިލޭސާބަހަށް'، އެއްވެސް ލާރިއަކަށްނޫން، މަޖަލަކަށް އަދި އަހަރުމެންގެ އުފަލަކަށް، ކަރުހިއްކުން ފިލުވުމަށް،....އެކަމަކު ފަހުންވީ ގޮތަކީ ހަށިވިއްކުމުގެ ވިޔަފާރީގަ އުޅޭ އަހަރެންގެ ރައްޓެހިން ތަކަކާ ދިމާވީ، އަހަރެންވެސް އެމީހުން ހަދާގޮތައް ހަދަންފެށީ، އެހެން ހެދުމުން މަށަށް ލާރި ލިބެންފަށައިފި.........."
ފާތިން އިތުރައް ކިޔާދެން ފެށިއެވެ.

ފާތިން ގެއިން ނިކުމެގެން ޕެނާންގަށް ދިޔައީ އޭނަގެ އުމުރުން އެންމެ 13 އަހަރުގައި ވަޒީފާއެއް ހޯދުމުގެ ގޮތުންނެވެ. މިގޮތުން ހޮޓަލެއްގެ ސައި ގެނެސްދޭ ވަޒީފާއެއް ފާތިން ހޯދިއެވެ. ފާތިން ފުރަތަމަ ޖިންސީ ގުޅުން ހިންގަންފެށީ އޭނަގެ އުމުރުން 12 އަހަރުގައެވެ. ހަށިވިއްކުމުގެ މަސައްކަތްފެށީ މިގޮތަށް މަޖަލަކަށް ޖިންސީ ގުޅުން ހިންގާތާ 4 އަހަރު ހޭދަކުރުމަށް ފަހު ޕެނާންގަށް ދިޔަފަހުންނެވެ. ރަނގަޅު ރެއެއްގައި 250 ރިންގިޓު ޖެހޭއިރު، އެވްރެޖްކޮށް 100 ރިންގިޓް ލިބޭ ކަމަށް ފާތިން ބުންޏެވެ.

ފާތިންއަށް އެއިޑްސް ޖެހިފައިވާކަން އެނގުނީ އޭނާ ބަލިވެގެން ކްލިނިކަކަށް ދިއުމުންނެވެ. އޭގެ ކުރިން އޭނަގެ ހަށިގަނޑުގައި އެޗްއައިވީ ހުރިކަމުގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވިފައިނުވާކަމަށްވެއެވެ. އޭނައަށް މިހަބަރު ލިބުމުންވީ ވަރަށްވެސް ބިރުވެރި ވޭނީ ހަބަރަކަށެވެ. އެހެންކަމުން ފާތިން މިކަންތައް އާއިލާއަށްވެސް ސިއްރުކުރިއެވެ. ނަމަވެސް މި ކްލިނިކުގެ ނަރުހެއްވަނީ މި ހަބަރު ފާތިންގެ އާއިލާއަށް ދީފައެވެ.
"ފުރަތަމަވެސް އަހަރެންގެ އާއިލާއިން ވަރަށް ރުޅިއައި، އެމީހުން ވަރަށް ހިތްހަމަ ނުޖެހުނު،..އެނގޭތަ، އަހަރެންގެ 3 ބޭބެ ވެސް މަރުވީ އެއީޑްސް ޖެހިގެން،، މަށަކީ އާއިލާގެ 8 ކުދިންގެ ތެރެއިން 5 ވަނަ ދަރި........"
އަޅުގަނޑާ މުހާތަބްކޮށް ފާތިން ވަރަށް ދެރަވެފަ ބުންޏެވެ.

"އަހަރެން ޑްރަގްސް އެއް ބޭނުމެއް ނުކުރަން، ރަލެއް ނުބޮން، ހަމަ އެކަނި ސިނގިރޭޓް ބޮނީ...މަށަށް ކިހިނެތް އިނގޭނީ މިބަލި ޖެހޭނެ ކަމެއް، އަހަރެން ހަމަ އެކަނީ އުޅުނީ އަހަރެން ރަހުމަތްތެރިން މަށަށް ބުނެދިން ގޮތައް، އެމީހުން ކުރާކަންތައް ކޮށްގެން..............."

(ނުނިމޭ)
.  
Read more »

Thursday, October 27, 2011

ހަގީގީ ހާދިސާ: މަންމަގެ އެއްލޯ


އަބްދުﷲ ޝަފީގް އަލީ

                        އަހަރެންގެ މަންމަ ހުންނަނީ އެންމެ ލޮލެކެވެ. އޭނަ ދެކެ އަހަރެން ވަރަށް ފޫހިވެއެވެ. ރުޅިވެސް އާދެވެއެވެ. އެއީ އެފަދަ ލަދުވެތި ކަމެއް އަހަރެންނަށް ކުރިމަތިވާތީއެވެ. މަންމަ އަކީ ކުޑަކުޑަ ފިހާރައެއް ހިންގާ މީހެކެވެ. ފިހާރައަކަށް ވުރެ އެތަނަށް ކުޑަކުޑަ ކަޑަ ގަނޑެކޭ ބުނިއްޔާ، އެތަނުގެ ވިޔަފާރި އާއި ތަނުގެ ބޮޑުމިން ހިތަށް ގެންނަން ފަސޭހަވާނެއެވެ. ގޮނޑުން ހޮވާ ތަކެއްޗާއި ބާ މުދާވެސް އެތަނުން ވިއްކާނެއެވެ. އެއީވެސް އަހަރެން ލަދުން މަރުވާ ވަރުގެ އަނެއްކަންތަކެވެ. ފައިސާ ހޯދަން މަންމަ ނުކުރާ މަސައްކަތެއް ނޯވެއެވެ.
Read more »

އޮކްޓޫބަރ 26 – ހެޕީބާތުޑޭ


އަބްދުﷲ ޝަފީގް އަލީ

އެކި މާތަކުގައި ވަކިވަކިން ފިރުމަމުން ބަލަމުން ގޮސް އަހަރެންނަށް އެންމެ ރީތިވި މާ ނަގައިފީމެވެ. މުޅި އަހަރު ދުވަހުގެ ތެރޭގައި ގަންނަ ހަމައެކަނި މަލެވެ. ހަމަ އެންމެ މަލެކެވެ. ގެއާ ހަމައަށް ދެވެންދެންވެސް އިނީ ދެ ހިޔާލެއްގައެވެ. މިރޭ ކަންތައްކުރާނެ ގޮތެކެވެ. މިއީ ހާއްސަ ރެއެކެވެ. އަހަރެން ހަޔާތުގައި ވަރަށް ހާއްސަ ރެއެކެވެ. 
Read more »

ކަށްވަޅުގެ ބައިވެރިޔާ: މި ދުނިޔެއަށްޓަކައި ހޯދާ 'ބިޓުން' ގެ ފަރާތުންވެސް ލިބޭ އުފަލެއްނެތެވެ.


އަބްދުﷲ ޝަފީގް އަލީ

               ހަ ބިލިއަނަށް ވުރެ ގިނަ މީހުން އުޅެމުންދާ މިދުނިޔޭގެ ޙަޔާތް އެކަނިވެރިއޭ ބުނެ ދަޢުވާކުރަމުން ޙަޔާތުގެ ބައިވެރިއެއް ހޯދުމަށް ރެއާއި ދުވާލު އެއްބަޔަކު މަސައްކަތްކުރަނީއެވެ. ނޫނީ ލޯބިވެރީން ހޯދަނީއެވެ. މިކަމުގައި މިބައިމީހުން ކެއުމެއް ބުއިމެއް ނިދުމެއް އަރާމެއް ނެތި ވަޤުތުތައް ހޭދަކުރަނީއެވެ. ފޯނުކުރަނީއެވެ. ޗެޓްކުރަނީއެވެ. ނުވިތާކަށް ކޮންމެ ދުވަހަކު އެ ކުއްޖާ ލިބޭތޯ، އެކުއްޖާގެ މޫނު ފެނޭތޯ، އެ ގެ ވަށައިގެން ދިހަ ބާރަ ފަހަރު [ޠަވާފް] ވެސް ކުރަނީއެވެ. 
Read more »